މާލެ: 31°C

ފެންބޮޑުމާގުޅިގެން ނަޖިސްބޭރުވެ 4 ގެއަކުން 40 މީހުން ރައްކާތެރި ތަންތަނަށް ބަދަލުކޮށްފި: އެންޑީއެމްއޭ

March 2, 2025
158 ފަހަރު ބަލާފައި
ފެންބޮޑުމާގުޅިގެން ނަޖިސްބޭރުވެ 4 ގެއަކުން 40 މީހުން ރައްކާތެރި ތަންތަނަށް ބަދަލުކޮށްފި: އެންޑީއެމްއޭ
މާލެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ފެންބޮޑުވުމާގުޅިގެން ނަޖިސްބޭރުވެ 4 ގެއަކުން 40 މީހުން ރައްކާތެރި ތަންތަނަށް ބަދަލުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެ ސެންޓަރުން ބުނެފައިވަނީ މާލެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ފެންބޮޑުވުމާގުޅިގެން ނަޖިސްބޭރުވެ 4 ގެއަކުން 40 މީހުން ރައްކާތެރި ތަންތަނަށް ބަދަލުކޮށްފައިވާ ކަމަށާއި، އަދި ވެލިބަސްތާ ބޭނުންވާ ފަރާތްތަކަށް އެސެންޓަރުގެ ފަރާތުން ވެލިބަސްތާ ދޫކުރުން ކުރީގެ ހައުސިންގ މިނިސްޓްރީގެ އިމާރާތްހުރި ގޯތި ތެރޭގައި ކުރިއަށް ދާކަމަށެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ވަނީ މިރޭގެ 21:45 އިން ފެށިގެން ދަންވަރު 12:00 އާއި ހަމައަށް އަދި ދަންވަރު 3:00 އިން ހެނދުނު 7:00 އަށް ބ އަތޮޅުން ފެށިގެން ދ އަޮޅާއިދެމެދުގެ އަތޮޅުތަކަށް މޫސުމް ގޯސްވާނެކަމަށް ލަފާކޮށް އޮރެންޖު އެލާޓް ނެރެފައެވެ. މެޓް އޮފީހުން ނެރެފައިވާ އޮރެންޖް އެލާޓް އިންޒާރުގައި ވަނީ އެ ވަގުތަކުގެ ތެރޭގައި ބ އަތޮޅުން ފެށިގެން ދ އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ލަފާކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ