މާލެ: 31°C
ފެނަކައިގެ ޖަނަރޭޓަރުތަކަށް އަޅާ ތެޔޮ އަތޮޅުތަކަށް ގެންދިއުގެ ޚިދުމަތް ފިއުލް ސަޕްލައި އަތުން ނަގައިފި

ފެނަކައިގެ ޖަނަރޭޓަރުތަކަށް އަޅާ ތެޔޮ އަތޮޅުތަކަށް ގެންދިއުގެ ޚިދުމަތް ފިއުލް ސަޕްލައި އަތުން ނަގައިފި

April 13, 2024
3 ފަހަރު ބަލާފައި
ފެނަކައިގެ ޖަނަރޭޓަރުތަކަށް އަޅާ ތެޔޮ އަތޮޅުތަކަށް ގެންދިއުގެ ޚިދުމަތް ފިއުލް ސަޕްލައި އަތުން ނަގައިފި
ފެނަކައިގެ ބޭނުމަށް އަތޮޅު ތެރެއަށް ތެޔޮ އުފުލުގެ ޚިދުމަތް ފިއުލްސަޕްލައި އަތުން ނަގައި އާންމު ފަރާތްތަކަށް ފެނަކައިން ދޭން ފަށައިފިއެވެ. މިނިވަންއަށް އެނގިފައިވާ ގޮތުގައި ފެނަކައިން ބަލަހައްޓަމުން ގެންދާ އިންޖީނުގެތަކަށް އަޅާ ތެޔޮ ފިއުލް ސަޕްލައިން ނަގައިގެން އަތޮޅުތަކަށް އުފުލުމުގެ ޚިދުމަތް އަމިއްލަ ފަތާތްތަކަށް ދޭން ނިންމުމުން ފިއުލް ސަޕްލައިއިން މިހާރު ތެޔޮ ސަޕްލައިކޮށްދޭ ރަށްރަށުގައި ތެލުގެ ވިޔަފާރި ހިންގާ ފަރާތްތަކަށް އެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމުގައި ލަސްތަކެއް އަތުވެދާނެ ކަމަށް އެފަރާތްތަކަށް ދަނީ އަންގަމުންނެވެ. ފެނަކައިގެ އިންޖީނު ގެތަކަށް އަޅާ ތެޔޮ އުފުލުން ނިމިދިޔަ ސަރުކާރުން ހަވާލުކޮށްފައި ވަނީ ފިއުލް ސަޕްލައިއަށް ކަމުގައިވިއަސް މި ސަރުކާރުން އެ ސިޔާސަތު ކުއްލި ގޮތަކަށް ބަދަލުކޮށް އަމިއްލަ ފަރާތްތައް މެދުވެރިކޮށް ތެޔޮ އުފުލަން ފެށުމަށް ނިންމި ސަބަބެއް ފެނަކައިން ވެސް އަދި ފިއުލް ސަޕްލައި އިންވެސް ސާފެއް ނުވެއެވެ. ހަގީގަތް އެނގޭ ބައެއް ފަރާތްތަކުން މިނިވަންއަށް މަޢުލޫމާތު ދިން ގޮތުގައި ފެނަކައިން އަތޮޅުތަކަށް ޔެތޮ އުފުލަން ހަވާލުކުރަމުން ގެންދަނީ ސަރުކާރުގެ ބައެއް އިސްވެރިންނާ ގުޅުން އޮންނަ ކުންފުނިތަކަށެވެ. އެހެންނަމަވެސް މި ތުހުމަތާ ގުޅޭ ގޮތުން ފެނަކައިން އަދި ބަހެއް ލިބޭ ގޮތެއް ނުވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ