މާލެ: 31°C

ފެނަކައިގެ 2 ވަނަ ޑީއެމްޑީއަކަށް ކުރިން ސިފައިންގޭގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް އައްޔަނުކޮށްފި

January 28, 2025
318 ފަހަރު ބަލާފައި
ފެނަކައިގެ 2 ވަނަ ޑީއެމްޑީއަކަށް ކުރިން ސިފައިންގޭގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް އައްޔަނުކޮށްފި
ފެނަކަ ކޯޕަރޭޝަނުގެ 2 ވަނަ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ކަމަށް ކުރިން ސިފައިންގޭގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެއް ކަމުގައިވާ މުޙައްމަދު ޢާރިފް ހަމަޖައްސައިފި އެވެ.

ފެނަކަ ކޯޕަރޭޝަނުގެ 2 ވަނަ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ކަމަށް ކުރިން ސިފައިންގޭގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެއް ކަމުގައިވާ މުޙައްމަދު ޢާރިފް ހަމަޖައްސައިފި އެވެ.

ފެނަކައިގެ ދެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ކަމަށް އާރިފް އައްޔަނުކުރެއްވުމާ ގުޅިގެން އެ ކުންފުނިން އާރިފް އަށް ވަނީ މަރުޚަބާ ދަންނަވާފައެވެ. ފެނަކާގައި ކުރިންވެސް ޑީއެމްޑީ މަޤާމުގައި 2 ބޭފުޅުން ތިއްބަވަނިކޮށް ޑީއެމްޑީގެ މަގާމުގައި ހުންނެވި ހުސެއިން ޒުހުރީ މި މަހުގެ ކުރީކޮޅު ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އޭނާ އިސްތިއުފާ ދެއްވި ސަބަބެއް އެނގިފައެއް ނުވެ އެވެ. 

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުއާޒު މުހައްމަދު ރަޝީދު މިދިޔަ މަހުގެ 23 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ހަމަ އެ ދުވަހު ސަރުކާރުން ސިފައިންގޭގައި ކުރިން މަސައްކަތްކުރައްވާފައިވާ މޭޖާ ރިޓަޔާޑް މުހައްމަދު ނަޖާހު އައްޔަންކޮށްފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ