
ފެނަކާއިން މުއައްޒަފުންނަށް ބިރުދައްކާ ކަމަށް ދެކެވޭ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފި
ފެނަކާއިން މުއައްޒަފުންނަށް ބިރުދައްކާ ކަމަށް ދެކެވޭ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފި
ލިޔުން:
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުއައްޒަފުންނަށް ބިރުދައްކާ ކަމަށް ފަތުރަމުންދާ ވާހަކަތަށް އެ ކުންފުނިން ދޮގުކޮށްފިއެވެ.
އެ ތުހުމަތުތަކާ ގުޅިގެން ފެނަކައިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، މިހާރަކަށް އައިސް ބައެއް ނޫސްތަކުން ފެނަކައިގެ ނަން ބޭނުންކޮށްގެން އެއްވެސް އަސާސެއްނެތް ހިޔާލީ ވާހަކަތައް އުފައްދައި ޝާޢިއުކުރަމުންދާކަމަށެވެ.
އެގޮތަށް ހަބަރުތަށް ފަތުރަމުން ދަނީ، އެއީ ފެނަކައަކީ ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ބްރޭންޑަކަށްވުމުން އެކަމުގެ ފައިދާ ނަގައިގެން ނޫސް ކިޔާ ފަރާތްތައް އިތުރުކުރުމުގެ ހީލަތްތެރި އުކުޅެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ކުރާކަމެއްކަމަށް ބަޔާނުގައި ވަނީ ބުނެފައި ވެއެވެ.
ބަޔާނުގައި ބުނެފައިވާ ގޮތުން، 2018 ނުވެމަބަރ 17 ވަނަ ދުވަހުން ފެށިގެން އެ ކުންފުނިން ވަނީ ކުންފުނީގެ އެންމެ ބޮޑު ރައުސުލްމާލަކީ މުއައްޒަފުން ކަމުގައި ބަލައިގަނެ މުއައްޒަފުންނަށް ބިރު ފިލައި ތިބެ ހާސް ކަމެއްނެތ ވަޒީފާ އަދާ ކުރެވޭނެ މާހައުލެއް ގާއިމް ކޮށްދީފައެވެ. އަދި އަނެކުންގެ މިނިވަން ކަމާއި ހައްގު ތަކަށް އަރައި ނުގަނެ އަމިއްލަ އަށް ލިބިފައިވާ ހައްގުތަށް ފުރިހަމަ އަށް ބޭނުން ކުރުމުގެ ފުރުސަތު ތަނަވަސް ކޮށް ހުޅުވައިދީ ކަށަވަރު ކޮށްދީފައި ކަމުގަ ވެސް ބަޔާނުގައި ބުނެފައިވެއެވެ.
އެގޮތުން އެ ކުންފުނިން ބުނީ، އެވެސް ހާލެއްގައި އެ ހައްގުތަކަށް ހުރަސްއަޅައި މުއްޒަފުންނަށް ބިރު ދެއްކުމަކީ ކުންފުނީގެ އަދުގެ މެނޭޖެމަންޓް ދަންނަ ނުވަތަ ބޭނުން ކުރާ ފަލްސަފާ އެއް ނޫންކަމަށެވެ. އަދި ކުންފުނީގެ ވަކި ވަކި މުއަޒަފުން ފާޅުކުރާ ހިޔާލާއި ޝުއޫރާއި ބުނާ ބުނުމަކީ ކުންފުނީގެ މެނޭޖުމަންޓްގެ ބަސް ނުވަތަ ކުންފުނިން ދެކޭގޮތް ނޫންކަން ވެސް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
އެހެން ކަމުން، އެވެސް އަސްލެއް އަސާސެއް ނެތި ކުންފުނީގެ މެނޭޖްމަންޓާއި ކުންފުނީގެ އަގުވައްޓާލައި ނަން ކިލަނބު ކުރުމަށް ކުރާ ނާކާމިޔާބު މަސައްކަތް ހުއްޓާލުމަށް އެފަދަ އެންމެހާ ފަރާތް ތަކަށް ތަކުރާރު ކޮށް އެ ކުންފުނިން ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން ބަޔާނުގައި ވަނީ، ފެނަކައިގެ ނަން ބޭނުން ކޮށްގެން ފައިދާ ހޯދުމަށް ވިސްނާނަމަ ރިވެތި އަހުލާގާއި ސުލޫކުގެ ތެރެއިން އެކަމަށް މަގު ހޯދުމަށް އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
