މާލެ: 31°C

ފެނަކައިން ހިންގި މަޝްރޫޢުތައް އެމްޑަބްލިއުއެސްސީ އާއި ޙަވާލުކުރަނީ

ފެނަކައިން ހިންގި މަޝްރޫޢުތައް އެމްޑަބްލިއުއެސްސީ އާއި ޙަވާލުކުރަނީ
August 13, 2024
3 ފަހަރު ބަލާފައި
ފެނަކައިން ހިންގި މަޝްރޫޢުތައް އެމްޑަބްލިއުއެސްސީ އާއި ޙަވާލުކުރަނީ
ރައްޔތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫދާއިރާގެ މްންބަރ މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ބިނާރޭ ބެހޭ ވުރާގެ މިނިސްޓަރ ޑރ.މުއްތަލިބް ވިދާޅުވީ ފެނަކައިން ހިންގަމުންއައި 20 މަޝްރޫޢުއެއް ހިންގުމަށް ފެނައާއެކު ހަދާފައިވާ އެއްބަސްވުން ބާތިލްކޮށް އެމްޑަބްލިއުއެސްސީ އާއި ޙަވާލުކުރުމަށް ނިންމާފައިވާކަމަށެވެ. މިނިސްޓަރ ޑރ.މުއްތަލިބް ޖަވާބުދެއްވަމުން ވިދާޅުވީ އެގޮތަށް ސަރުކާރުން ނިންމީ ފެނަކައަކީ މަސައްކަތް ހިންގާ ކޮންޓްރެކްޓަރަކަށް ނުވާތީއާއި، ފެނަކައަކީ ސާވިސް ޕްރޮވައިޑަރ އަކަށްވާތީކަމަށެވެ. އެހެންވެ ފެނަކައާއި ޙަވާލުކށްްފައިހުރި ހުރިހާ މަޝްރޫއުތައް ކޮންޓްރެކްޓް ބާތިލްކޮށް އެމްޑަބްލިއުއެސްސީ އާއި ހަވާލުކުރުމުގެ މަސައްކަތް ކުރުމަށް ޓެންޑަރބޯޑާއިވެސް މިހާރު މަޝްވަރާ ފަށާފައިވާކަމަށެވެ. އެގޮތުން އެ ހުރިހާ ޕްރޮޖެކްޓެއް ހިންގުމަށް 1 ބިލިއަން ރުފިޔާ ޙަރަދުވާނެކަމަށް އެމްޑަބްލިއުއެސްސީ އާއެކު ކުރެވުނު މަޝްވަރާތަކުން ބެލެވޭކަމަށްވެސް މިނިސްޓަރގެ ވާހަފުޅުގައި ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ ގާއިމްކުރުމަށް ކުރީގެ ސަރުކާރުން ހިންގި ފެނާ ނަރުދަމާގެ މަޝްރޫއުތައް ފެނަކަ ކޯޕަރޭޝަނާވެސް އަދި އެމްޑަބްލިއު އެސްސީ އާއިވެސް ޙަވާލުކޮށްގެން ކުރިއަށްގެންގޮސްފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ