މާލެ: 31°C

3 މަސްތެރޭ ކުންފުނިތަކުގެ 33 އިންސައްތަ މުވައްޒަފުން ވަޒީފާއިން ވަކިކުރަން އަންގައިފި

July 18, 2026
4271 ފަހަރު ބަލާފައި
3 މަސްތެރޭ ކުންފުނިތަކުގެ 33 އިންސައްތަ މުވައްޒަފުން ވަޒީފާއިން ވަކިކުރަން އަންގައިފި
3 މަސްތެރޭ ކުންފުނިތަކުގެ 33 އިންސައްތަ މުވައްޒަފުން ވަޒީފާއިން ވަކިކުރަން އަންގައިފި

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ ތެރެއިން 33 އިންސައްތަ މުވައްޒަފުން ކުރިއަށް އޮތް 3 މަސް ތެރޭގައި ވަޒީފާއިން ވަކިކުރަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މުއްދަތެއް ކަނޑައަޅައި އެކަން ކުންފުނިތަކަށް އަންގައިފި އެވެ.

މިއަހަރުގެ އޭޕްރީލް މަހުވެސް ޕީސީބީ އިން ވަނީ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރަން ކުންފުނިތަކަށް އަންގާފައެވެ. ނަމަވެސް އެ ފަހަރު ކުންފުނިތަކަށް ޕީސީބީ އިން އެންގި އެންގުމުގައި މުވައްޒަފުން މަދުކުރަން ވަކި މުއްދަތެއް ކަނޑައަޅާފައެއް ނުވެއެވެ.

މި އަހަރުގެ އޭޕްރީލް މަހު ކުންފުނިތަކަށް ޕީސީބީ އިން އެންގި އެންގުމާ ހަވާލާދީ ކުންފުނިތަކަށް އެ ބޯޑުން މިއަދު އެންގި އެންގުމުގައި ބުނެފައިވަނީ މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް 3 މަސް ދުވަހުގެ ނިއަލަށް ކުންފުނިތަކުގެ މުވައްޒަފުން 33 އިންސައްތަ މަދުކުރަން އަންގާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ