
ފެން ނުހިނދެނީސް، މަގުތަކަށް ކުނި ނުނެރެ، ހަތަރުފުރޮޅުލީ އުޅަނދު ނުދުއްވުމަށް ފުލުހުން އެދެފި
ފެން ނުހިނދެނީސް، މަގުތަކަށް ކުނި ނުނެރެ، ހަތަރުފުރޮޅުލީ އުޅަނދު ނުދުއްވުމަށް ފުލުހުން އެދެފި
ލިޔުން:
މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާ މި ދަނޑިވަޅުގައި މަގުތަކުން ފެން ނުހިނދެނީސް، މަގުތަކަށް ކުނި ނުނެރުމަށާއި، ހަތަރުފުރޮޅުލީ ދުއްވާ އުޅަނދުތައް ނުދުއްވުމަށް ފުލުހުން އެދެފިއެވެ.
ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މާލޭގެ މަގުތަކުން ފެން ހިނދި އާންމު ހާލަތަށް މަގުތައް އަންނަންދެން، މަގުތަކަށް ކުނި ނުނެރުމަށާއި، ބަރު އުޅަނދުތަކާއި ހަތަރުފުރޮޅުލީ އުޅަނދު ނުދުއްވުމަށް އެދޭ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ވަނީ މިވަގުތުގައި ވަރަށް ޒަރޫރީ ބޭނުމެއްގައި ނޫނީ ހަތަރު ފުރޮޅުލީ އުޅަނދުތައް ނުދުއްވުމަށް އެދިފައެވެ. މިއަދު ވެހުނު ވާރޭގައި މާފަންނުކޮޅު މަގުތަކުގައި ފެންބޮޑުވެ، ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާއިރު، ގިނަ ގޭތަކަށާއި، ފިހާރަތަކަށް ފެންވަދެ، އެތަންތަނުގައި ހުރި ތަކެއްޗަށް ވަނީ ފެނުގެ އަސަރުކޮށްފައެވެ.
https://twitter.com/PoliceMv/status/1779169042655527323
އެމްއެންޑިއެފުން ފެން ހިއްދުމުގެ މަސައްކަތް ކުރަމުންދާއިރު، ގޭގެއަށާއި، ފިހާރަތަކަށް ފެންވަދެދާނެތީ، ވަނީ ވެލިބަސްތާ ޖެހުމުގެ މަސައްކަތްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. އެމްއެންޑިއެފުން ބުނީ މާލޭގެ 8 ސަރަހައްދެއްގައި ޕަންޕު ޖައްސައިގެން މަގުތަކުގައި ބޮޑުވެފައިވާ ފެންގަނޑު ހިއްދުމަށް މަސައްކަތް ކުރަމުންގެންދާކަމަށެވެ.
https://twitter.com/MNDF_Official/status/1779171497220960342
އައިޖީއެމްއެޗް، އެސްޓީއޯ ފުށްގުދަން، ދިރާގު އޮފީސް، ވެސްޓް ޕާކް، ހިމެނެނީ މޫސުމީ ވިއްސާރައިގައި އާއްމުކޮށްވެސް ފެންބޮޑުވާ ސަރަހައްދުތަކުގެ ގޮތުގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
