މާލެ: 31°C

ފެހުރިއްސަށް ރައްކާތެރިކަން ދޭން، ހޭލުންތެރިކުުރުމުގެ ކެމްޕޭނެއް!

March 5, 2023
2 ފަހަރު ބަލާފައި
ފެހުރިއްސަށް ރައްކާތެރިކަން ދޭން، ހޭލުންތެރިކުުރުމުގެ ކެމްޕޭނެއް!
ފެހުރިއްސަށް ރައްކާތެރިކަން ދޭން، ހޭލުންތެރިކުުރުމުގެ ކެމްޕޭނެއް!
ފެހުރިހި ރައްކާތެރިކުރުމަށާއި ހޭލުންތެރިކަން އިތުރުކުރަން ހަރަކާތެއް މަދަނީ ޖަމިއްޔާއެއް ކަމަށްވާ  މޯލްޑިވްސް ވޭލްޝާރކް ރިސާރޗް ޕްރޮގަރާމް(އެމްޑަބްލިއުއެސްއާރްޕީ) އިން އިސް ނަގައިގެން، އެހެން ބައެއް ޖަމިއްޔާތަކާ ގުޅިގެން ފަށައިފި އެވެ. ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި، އެމްޑަބްލިއުއެސްއާރްޕީގެ ކޯޑިނޭޓަރު އިރްތިޝާމް ހަސަން ޒަރީރް ވިދާޅުވީ "ޖެންޓަލް ޓު ޖަޔަންޓްސް ކެމްޕޭން"ގެ ނަމުގައި ހިންގާ އެ ހަރަކާތަކީ އެޖަމިއްޔާއާއި މޯލްޑިވްސް ރެޒިލިއެންޓްް ރީފްސްް އަދި ބްލޫ މެރިން ފައުންޑޭޝަނުން ގުޅިގެން ހިންގާ ހަަރަކާތެއް ކަމަށެވެ. މި ހަފްތާ ތެރޭގައި ފެށި އެ ހަރަކާތަކީ ރާއްޖެއާއި އެހެން ގައުމުތަކުގައި ވެސް ފެހުރިހި ގިނައިން އެއްވާ ތަންތަނަށް އަންނަ ފެހުރިއްސަށް ސަލާމަތާއި ރައްކާތެެރިކަން  ހޯދާއިދިނުމަށް ބާރު އަޅަން ޓުއަ އޮޕަރޭޓަރުންނާއި ފެހުރިހި ބަލާލަން އަންނަ ފަތުރުވެރިންނާއި ގުޅިގެން ކުރިޔަށް ގެންދާ ހަރަކާތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެފަދަ ހަރަކާތެއް ފަށަން ޖެހުނީ ފެހުރިހީގެ ބޮޑު އާބާދީއެއް އޮންނަ ސަރަހައްދެއް ކަމަށްވާ އަރި އަތޮޅުގެ ދެކުނު ސަރަހައްދުގައި އޮންނަ ފެހުރިހީގެ އާބާދީއަށް، ބޮޑެތި ގެއްލުންތައް ވަމުން ދާތީ އެވެ. ފެހުރިއްސަކީ ވަރަށް މަޑުމައިތިރި އެއްޗަކަށް ވާތީ، ފެހުރިހި ބަލަންދާ މީހުން ދަތުކުރާ އުޅނދުތަކުން އޭއްޗިއްސަށް ބޮޑެތިއަނިޔާ ލިބެ އެވެ. " މިހާރު، 2019 ގައި އެންމެ ފަހުން ހެދި ސްޓަޑީއެއްގައި ދައްކާ ގޮތުގައި ކޮންމެ ޝާކެއްގައި އެބަ އިނދޭ މޭޖާ ތިން ވަަރަކަށް އިންޖަރީ. އިންޖަރީގެ އަދަދު ކޮންމެ ޝާހަކަށް އެބަ އިތުރުވޭ،" އިރުތިޝާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި 2006 ގައި ކުރި ސާވޭތަކުން ދައްކާ ގޮތުން، އޭރު ފެހުރިއްސަށް ލިބޭ އަނިޔާތައް މިހާރާ އަޅާ ބަލާއިރު ވަރަށް މަދެވެ. އަރި އަތޮޅުގެ ދެކުނު ސަރަހައްދަށް އަންނަ ފެހުރިހީގެ ދުޅަހެޔޮކަމަކީ ރާއްޖޭގެ އެހެން ސަރަހައްދުތަކުން ފެހުރިހި ފެނެމާ ވެސް ގުޅިފައިވާ ކަމެކެވެ. އެމްޑަބްލިއުއެސްއާރްޕީ)ގެ ދިރާސާތަކުން އެނގިފައިވާ ގޮތުގައި އެ ސަރަހައްދަށް އާއްމު ގޮތެއްގައި އަންނަނީ ފެހުރިހީގެ ޅަ އެއްޗިއްސެވެ. އެ ފެހުރިހިތައް ބޮޑެތި ވެގެން އެހެން ސަރަހައްދުުތަކަށް ދާކަން ވެސް ވަނީ އެނގިފަ އެވެ. ފެހުރިހި ހިމާޔަތްކުރުމުގެ ކެމްޕޭނުގައި އަރިއަތޮޅުގެ  ރިސޯޓްތަކާއި، އަތޮޅު ތަކުގެ ގެސްޓް ހައުސްތަކާއި އެކްސްކާޝަން އަދި ޑައިވް ސެންޓާރުތަކާއ،ި އެހިސާބަށް އަންނަ ލިވަރ ބޯޑް އޮޕަރޭޓަރުން ބައިވެރިވަމުން އަންނަ ކަމަށް އިރްތިޝާމް ވިދާޅުވިއެވެ. ފެހުރިހި ބަލަން  އެެހެން ސަރަހައްދުތަކުން އަރިއަތޮޅަށް ޒިޔާރަތްކުރާ ފަރާތްތަކުން ވެސް އެ ހަރަކާތުގައި ބައިވެރިވާ ކަމަށް އޭނާ ވިދާޅުވި އެވެ. .                    

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ