މާލެ: 31°C

ފީނަންދިޔަ ރިސޯޓް މުވައްޒަފެއް ގެއްލިގެން ހޯދާނީ

January 28, 2025
286 ފަހަރު ބަލާފައި
ފީނަންދިޔަ ރިސޯޓް މުވައްޒަފެއް ގެއްލިގެން ހޯދާނީ
ރ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފަކު އިއްޔެ ފީނަން ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދާކަމަށް ފލުހުން ބުނެފިއެވެ.

ރ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފަކު އިއްޔެ ފީނަން ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދާކަމަށް ފލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ 25 އަހަރުގެ އަފްތާބް ހާން، ކިޔާ މީހެއްކަމަށާއި، އެ މީހާ ގެއްލިފައިވަނީ އިއްޔެ މެންދުރު ފަހު 3:30 ހާއިރު ކަމަށާއި ފުލުހުންނަށް އެކަން ރިޕޯޓުކޮށްފައިވަނީ އޭގެ 30 އަކަށް މިނަޓު ފަހުން ކަމަށެވެ.

އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވީ ނަމަވެސް އެމަސައްކަތުގައި ހަރަކާތްތެރިވަނީ ވައިގެ މަގުން ކަމެއް ކަނޑުގެ މަގުން ކަމެއް ފުލުހުން ނުބުނެ އެވެ. އެކަމާ ގުޅިގެން ސިފައިން މިހާތަނަށް ބުނެފައެއް ނުވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ