ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ދިރިއުޅޭ ގެ ކޯޓް އަމުރެއްގެ ދަށުން ބަލައި ފާސްކުރުމުގެ ތެރޭގައި ފުލުހުން އެގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 1.4 މިލިއަން ރުފިޔާ އަނބުރާ ހަވާލުކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ އެޗްޑީސީގެ އެމްޑީ ގެ މަގާމުގައި ހުރިއިރު ތަހުގީގުކުރަންފެށި މައްސަލަ އާއި ގުޅިގެން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުގެރޭ ކޯޓް އަމުރެއްގެ ދަށުން ފަޒުލް ދިރިއުޅޭ ގެ މ.ޒޭވަރު ބަލައި ފާސްކުރުމުގެ ތެރޭގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ފައިސާ "ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު" އެ ފައިސާ މިހާރު އަނބުރާ ވެރިފަރާތާ ހަވާލުކޮށްފައިވާފައިވާކަމަށެވެ.
އެ ގެއިން 1.4 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ގެންގޮސްފައިވާކަމަށް ހާމަކުރުމާ ގުޅިގެން އެ ފައިސާ އަކީ ރިލެކްސް ފެރީ ސާވިސް ކިޔާ ކުންފުންޏަކުން ލޯންޗެއް ބަނުމަށްޓަކައި ފްޒުލް އާއި ޚަވާލުކޮސްފައިވާ ނަގުދު ފައިސާ ކަމަށް ވަނީ ބުނެފައެވެ. އެގޮތުން އެ ކުންފުނިން ބުނި ގޮތުގައި އެ ފައިސާ އަކީ ފަޒުލްގެ ކުންފުންޏަކުން 2022 ގައި ލޯންޗް ބަނދެދީފައިވާ ލޯންޗް ރަނގަޅު ވުމާ ގުޅިގެން އިތުރު ލޯންޗެއް ބަނދެދިނުމަށް އެ ކުންފުނީގެ ފަރާތުން ދީފައިވާ ފައިސާ އެވެ.







