މާލެ: 31°C
ފަޒުލްއަށް ލިބޭ މުސާރައާ ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކަށް އޭނާ ރައްދު ދީފި

ފަޒުލްއަށް ލިބޭ މުސާރައާ ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކަށް އޭނާ ރައްދު ދީފި

January 24, 2024
3 ފަހަރު ބަލާފައި
ފަޒުލްއަށް ލިބޭ މުސާރައާ ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކަށް އޭނާ ރައްދު ދީފި
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު، ފަޒުލް ރަޝީދުގެ މުސާރަ، ރައީސުލްޖުމްހޫރިއްޔާގެ މުސާރައަށްވުރެ ބޮޑުކަމަށް ބުނެ ފަތުރަމުންގެންދާ ވާހަކަތަކަށް ފަޒުލް ރައްދު ދީފިއެވެ. ފަޒުލްގެ މުސާރައަކީ 186,000 ރުފިޔާ ކަމަށާއި އޭނާއަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު މުސާރައެއް ލިބޭ އެމްޑީކަމަށް ބުނެ ބައެއް ނޫސްތަކުން ފަތުރަމުންދާ ހަބަރުތަކާ ބެހޭގޮތުން ފަޒުލް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއީ ހަގީގަތާ ހިލާފް ދޮގެއް ކަމަށެވެ. ފަޒުލް ވިދާޅުވީ އެ އަދަދަކީ ސަރުކާރުގެ ކުންފުނިތަކުގެ ބަލަދުވެރިފަރާތް "ޕީސީބީން" މައުލޫމާތު ނުހޯދައި ފަތުރަމުންދާ ހަބަރެއް ކަމަށެވެ. ފަޒުލް ވިދާޅުވީ އެޗްޑީސީ ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ހުއްޓުމެއްނެތި ހަލުވި ކަމާއެކު ކުރިއަށްދާނޭ ކަމަށެވެ. https://twitter.com/FaZuLRaShYd/status/1750122372039102629 ފަޒުލްގެ މި ޕޯސްޓަށް ރިޕްލޭ ކުރައްވަމުން މިދިޔަ ސަރުކާރުގައި އައިލެންޑް އޭވިއޭޝަނުގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރެއްގެ ގޮތުގައި ހުންނެވި ޖެނިފާ ވިދާޅުވީ، ޕީސީބީން މައުލޫމާތު ހޯދުމެއްނެތި އޭރު ސަރުކާރާ އިދިކޮޅު ނޫހަކުން އޭނާއާ ބެހޭގޮތުން އެފަދައިން ހަބަރު ފަތުރާފައިވާކަމަށެވެ. https://twitter.com/JenniferAishath/status/1750131580709032294 ފަޒުލްގެ މުސާރައަކީ 186,000 ރުފިޔާ ކަމަށާއި އޭނާގެ މުސާރަ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ވުރެ ބޮޑުކަމަށް ބައެއް ފަރާތްތަކުން ވާހަކަދައްކަމުންދާއިރު، ރައީސްގެ މުސާރައަކީ މަހަކު 100،000 ރުފިޔާއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ