މާލެ: 31°C

ފަޒުނާގެ މަންމާފުޅު އަވަހާރަވެއްޖެ

January 31, 2025
169 ފަހަރު ބަލާފައި
ފަޒުނާގެ މަންމާފުޅު އަވަހާރަވެއްޖެ
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހްމަދުގެ މަންމާފުޅު، ޒަމީރާ އުމަރު އަވަހާރަވެއްޖެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހްމަދުގެ މަންމާފުޅު، ޒަމީރާ އުމަރު އަވަހާރަވެއްޖެ އެވެ.

ޒަމީރާ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑުދައިތާފުޅެކެވެ.

މައުލޫމާތު ލިބޭ ގޮތުން ޒަމީރާ އަވަހާރަވީ އާލާސްކަންފުޅަކާ ގުޅިގެން އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ މެންދުރުފަހުގެ ވަގުތެއްގަ އެވެ.

ޒަމީރާ އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ ވަޑައިގަންނަވާކަން ހާމަކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓުގައި ވަނީ ސޯލިހުގެ ދެކަނބަލުންނަށާއި އާއިލާއަށް ތައުޒިޔާ ދަންނަވާފަ އެވެ.

ޒަމީރާ އަވަހާރަވުމާ ގުޅިގެން ސަރުކާރުގެ ވެރިންނާއި ސިޔާސީ ފަރާތްތަކުގެ އިތުރުން އާންމުން ވެސް ދަނީ ފަޒްނާގެ އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ