މާލެ: 31°C

ފަޒީން ވަކިކުރަން މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

March 10, 2025
193 ފަހަރު ބަލާފައި
ފަޒީން ވަކިކުރަން މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މުވައްޒަފަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އެ ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ފަޒީން އާ މެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލިހުގެ ތަޅުމަށް ފޮނުވަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފި އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މުވައްޒަފަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އެ ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ފަޒީން އާ މެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލިހުގެ ތަޅުމަށް ފޮނުވަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފި އެވެ.

ފަޒީން، އެ ކޮމިޝަނުގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއް މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ދަނީ ބަލަމުންނެވެ. މައްސަަލަ އާ ގުޅިގެން ކޮމިޓީގެ ދެ ބައްދަލުވުމެއް އެ މަހު ބޭއްވި އެވެ.

މައްސަލަ އާ ގުޅިގެން އެ ކޮމިޓީން ޖެނުއަރީ 21 ވަނަ ދުވަހު ބޭއްވި ބައްދަލުވުމަށް ފަޒީން ހާޒިރު ވެސް ކުރި އެވެ. ދެ މީހެއްގެ ޒާތީ މައުލޫމާތު ހިމެނޭ މައްސަލައަކަށްވާތީވެ ކޮމިޓީގެ ބައްދަލުވުން ވެސް ކުރިއަށް ގެންގޮސްފައި ވަނީ ސިއްރުކޮށްގެންނެވެ.

މިއަދު ބޭއްވި މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު މާފުށީ ދާއިރާގެ ކޮންގްރެސް ޕާޓީ މެމްބަރު ހުސައިން ރިޒާ އާދަމް ވިދާޅުވީ ކޮމިޓީ ބައްދަލުވުމަށް މިއަދު އެޖެންޑާ ކުރެވުނީ ބަލަމުންދާ މައްސަލަ އާ ގުޅިގެން ޖަވާބުދާރީވެވަޑައިގަތުމަށް ފަޒީން އެދިވަޑައިގެންފައިވާތީ އޭނާ އެދިވަޑައިގެންފައިވާ ގޮތަށް ވަކީލަކާ އެކު ހާޒިރުވެވަޑައިގަންނަވާ ގޮތަށް ކަމަށެވެ.

ނަމަވެސް ވަކީލަށް ދިމާވި ހާލަތަކާ ހުރެ ކޮމިޓީގެ ބައްދަލުވުމަށް މިއަދު ހާޒިރުވެވަޑައިގަންނަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް އޭނާ އާއި ފަޒީން ވެސް އަންގަވާފައިވާ ކަމަށެވެ. އެދިވަޑައިގެންފައި ވަނީ އެހެން ދުވަހަކަށް ތާވަލުކޮށްދޭން ކަމަށް ވުމުން ގަސްތުކުރައްވަނީ މާދަމާގެ ކޮމިޓީ ބައްދަލުވުމަށް ތާވަލުކުރަން ކަމުގައި ރިޒާ ފާހަގަކުރެއްވި އެވެ.

އެއަށް ފަހު މުގައްރިރު ވަނީ ފަޒީންގެ ވަކީލު ފޮނުއްވި ސިޓީ ކޮމިޓީއަށް އިއްވަވާފަ އެވެ. ސިޓީ އިއްވެވުމުން ކޮމިޓީގެ މެމްބަރުން ނިންމާފައި ވަނީ މައްސަލަ އާ މެދު ގޮތެއް ނިންމުމަށް ތަޅުމަށް ފޮނުވުމަށެވެ.

ކޮމިޝަނުގެ މެމްބަރުކަމުން ފަޒީން ވަކިކުރަން ފާސްކޮށްފައި ވަނީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ތިން މެމްބަރުންގެ ވޯޓާ އެކުގަ އެވެ. އެގޮތަށް ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓު ދެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލު އަހްމަދު ނަސީމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ