މާލެ: 31°C

ފަޒީންގެ މައްސަލަ މަޖިލީހުން ޕޮލިހަށް ފޮނުވައިފި

January 30, 2025
218 ފަހަރު ބަލާފައި
ފަޒީންގެ މައްސަލަ މަޖިލީހުން ޕޮލިހަށް ފޮނުވައިފި
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނައިބު ރައީސް މުހައްމަދު ފަޒީން، އެ ކޮމިޝަނުގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއް ރައްޔިތުންގެ މަޖިލިހުން ފުލުހުންނަށް ހުށަހަޅައިފި އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނައިބު ރައީސް މުހައްމަދު ފަޒީން، އެ ކޮމިޝަނުގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއް ރައްޔިތުންގެ މަޖިލިހުން ފުލުހުންނަށް ހުށަހަޅައިފި އެވެ.

ފަޒީން، އެ ކޮމިޝަނުގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއް މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދަނީ ބަލަމުންނެވެ. މައްސަަލަ އާ ގުޅިގެން ކޮމިޓީގެ ދެ ބައްދަލުވުމެއް މިދިޔަ ހަފުތާގެ ކުރީކޮޅު ބޭއްވި އެވެ.

މައްސަލަ އާ ގުޅިގެން އެ ކޮމިޓީން ޖެނުއަރީ 21 ވަނަ ދުވަހު ބޭއްވި ބައްދަލުވުމަށް ފަޒީން ހާޒިރު ވެސް ކުރި އެވެ. ދެ މީހެއްގެ ޒާތީ މައުލޫމާތު ހިމެނޭ މައްސަލައަކަށްވާތީވެ ކޮމިޓީގެ ބައްދަލުވުން ވެސް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

ފަޒީން އާ ގުޅޭ އެފަދަ މައްސަލައެއް ބަލަމުންދާކަން ކޮމިޝަންގެ މެމްބަރުންތަކެއް "ދެން" އަށް ޔަގީންކޮށްދިން ނަމަވެސް، ކަމާ ގުޅިގެން މިހާތަނަށް އޭނާއާ މެދު ފިޔަވަޅެއް އެޅި ކަމެއް އެނގިފައެއް ނުވެ އެވެ. އެކަމަކު އެ މައްސަލަ ކޮމިޓީން ފުލުހަށް ހުށަހަޅާފައިވާކަން ވަނީ އެނގިފަ އެވެ.

ފުލުހުން މިއަދު ބުނީ 2023 ވަނަ އަހަރުން ފެށިގެން ތަފާތު އެކި ދުވަސް މަތިން، ފަޒީން އެ ކޮމިޝަނުގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ހޯމަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެހެންވެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މީޑިއާގެ ދާއިރާގައި 10 ވަރަކަށް އަހަރު ހޭދަކޮށްފައިވާ ފަޒީން، ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރު ކަމަށް އައްޔަންކުރީ 2021 ވަނަ އަހަރުގެ މާޗް މަހުގެ ހަތް ވަނަ ދުވަހު އެވެ. އޭނާ ވަނީ މީގެކުރިން ޗެނަލް ނިއުސް މޯލްޑިވްސް (ސީއެންއެމް) އާއި ރާއްޖެ ޓީވީގައި ވީޑިއޯ މަސައްކަތްކުރައްވާފަ އެވެ.

ބްރޯޑްކޮމްގެ ނައިބު ރައީސަކަށް ފަޒީން އިންތިހާބުވީ އެ މަގާމުގައި ކުރިން ހުރި އަހްމަދު ގައިސް، މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ