މާލެ: 31°C

ބިދޭސީންނަށް ރާއްޖެއިން ބިން މިލްކްކޮށްދިނުމާ ގުޅޭ މަޝްވަރާ ކެބިނެޓްގައިވިޔަސް ކުރިވިގެން ނުވާނެ: ފައްޔާޒް

December 31, 2025
492 ފަހަރު ބަލާފައި
ބިދޭސީންނަށް ރާއްޖެއިން ބިން މިލްކްކޮށްދިނުމާ ގުޅޭ މަޝްވަރާ ކެބިނެޓްގައިވިޔަސް ކުރިވިގެން ނުވާނެ: ފައްޔާޒް
ބިދޭސީންނަށް ރާއްޖެއިން ބިން މިލްކްކޮށްދިނުމާ ގުޅޭ މަޝްވަރާ ކެބިނެޓްގައިވިޔަސް ކުރިވިގެން ނުވާނެކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ބިދޭސީންނަށް ރާއްޖެއިން ބިން މިލްކްކޮށްދިނުމާ ގުޅޭ މަޝްވަރާ ކެބިނެޓްގައިވިޔަސް ކުރިވިގެން ނުވާނެކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ބިދޭސީންނަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ކެބިނެޓުގައި މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް އޮންލައިން ނޫހަކުން ގެނެސްދީފައި ހަބަރެއް ހިއްސާކުރައްވައި ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިނީ މިއީ ކެބިނެޓު ލެވެލްގައިވިޔަސް އަދި އެނޫންވެސް ގޮތެއްގައިވިޔަސް މަޝްވަރާ ވެސް ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށެވެ.

 ގައުމިއްޔަތުގެ ނަމުގައި ޕީއެންސީ/ޕީޕީއެމް އިން އަބަދުވެސް ގައުމު ފޮތިފޮތިކޮށް އަމިއްލަ ޖީބަށް ފައިސާ ޖަމާކުރުމަށް ގާނޫނުއަސާސީ އާއި ގާނޫނުތައް ބަދަލުކުރަމުންދާ ކަމަށާއި އެގޮތުން 2015 ވަނަ އަހަރު ވެސް މިހާރުގެ ސަރުކާރުގެ ވެރިން މަޖިލީހުގައި ތިއްބަވައި އެ މީހުން ވޯޓު ދީގެން ދިވެހި ފަސްގަނޑު ވިއްކާލަން ފާސްކުރި ކަމަށާއި ދިވެހި ފަސްގަނޑުން އެންމެ އިންޗިއެއް ވެސް ދޫކުރުމަކީ އެމްޑީޕީއިން ދުވަހަކު ވެސް ބަލައިގަންނާނެ އަދި ކުރާނެ ކަމެއް ނޫން ކަމަށެވެ.

އޭގެ އިތުރުން ފައްޔާޒް ވަނީ ގައުމުގެ ހައްގުގައި ކެރިގެން ނުކުންނާނެ އެއްވެސް މީހަކުވެސް ވަޒީރަކުވެސް އަދި ސިޔާސީ މުވައްޒަފަކުވެސް ޕީއެންސީގައި ނެތީތޯ ވަނީ ސުވާލު ކުރައްވާފައެވެ.

އަދި މިއީ ފާޅުގައި ބަސް ބުނަންވީ ވަގުތުކަމަށާއި، ރައީސް މުއިއްޒު ދީނާއި ގައުމިއްޔަތު ބޭނުންކުރަމުން ދަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައިކަމަށާއި ބަހާއި އަމަލުން ދައްކަނީ މުޅިން އެހެން މަންޒަރެއް ކަމަށްވެސް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ