މާލެ: 31°C
އާދަމް އާޒިމް އަކީ މިސަރުކާރުގެ ހުދުމުހުތާރުކަމާ ދެކޮޅަށް ބަހެއް ބުނަން ކެރޭނެ ބޭފުޅެއްނޫން: ފައްޔާޒް

19 ޑިސެންބަރު 2025
521 ފަހަރު ބަލާފައި
މާލެ ސިޓީ މޭޔަރު އިންތިހާބުގެ ޕްރައިމަރީގައި އަލީ އާޒިމް އަށް ތާއީދު ކުރީ އާދަމް އާޒިމަކީ މި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެއްވެސް ބަހެއް ބުނާނެ ބޭފުޅަކަށް ނުވާތީ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި އަލީ އާޒިމް ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ ވޭތިވެ ދިޔަ 2 އަހަރު މާލެސިޓީގެ މޭޗަރުކަމުގައި އެމްޑީޕީގެ މެންބަރެއް ހުރެގެން އެމްޑީޕީއަށް ލިބުނު އެއްވެސް ރަނގަޅެއް ނެތްއިރު، ރައީސް މުއިއްޒު އެކުރައްވާ ހުދުމުހުތާރު ވެރިކަމާ ދެކޮޅަށް ބަހެއް ވިދާޅުވާންވެސް މިހާރުގެ މޭޔަރަށް ކެރިވަޑައި ނުގަންނަވާ ކަމަށެވެ.

އަދި އެކަން އެހެން ވެގެންއުޅޭ ސަބަބަކީ މިސަރުކާރުން ބިލިއަނުން ފައިސާ ލިބޭ އަމިއްލަ ކުންފުންޏެއްގައި އެ ބޭފުޅާގެ މަސްލަތު އޮތުންކަމަށް ގަބޫލުކުރެވޭ ކަމަށެވެ. ނަމަވެސް މިއަދު މަޖިލީހުގައި އެމްޑީޕީއަށް ލިބިފައިވާ މަދު ގޮނޑިތަކާއެކު ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މާލޭސިޓީގެ މޭޔަރާއި އެހެންވެސް ކައުންސިލަރުންގެ ޒިންމާ ވަރަށް ބޮޑު ކަމަށާއި، އެހެންކަމުން އެކަން ކުރާނެ ފަރާތެއް މާލެސިޓީގެ މޭޔަރުކަމަށްވެސް އަދި އެހެން ދާއިރާތަކުންވެސް ނެރުން ވަރަށް މުހިންމުކަމަށް ދެކިވަޑައިގަންނަވާ ކަމަށްވެސް ފައްޔާޒް ވިދާޅުވި އެވެ.

މީގެ އިރުރުން މިހާރުގެ މޭޔަރު އާދަމް އާޒިމް އަކީ އެމްޑީގެ މާލެސިޓީގެ ރައީސްގެ ހައިސިއްޔަތުންވެސް އެއްވެސް ކަމެއް ކުރައްވަމުންގެންދަވާ ބޭފުޅޭއް ނޫން ކަމަށާއި، އެގޮތުން މާލެސިޓީގައި އެމްޑީޕީ ވަރުގަދަކޮށް މެންބަރުން އިތުރުކުރުމަށްވެސް އެއްވެސް މަސައްކަތެއް މިހާތަނަށް ކުރައްވާފައިނުވާ ކަމަށްވެސް ފައްޔާޒް ވިދާޅުވި އެވެ.

ވެރިމީހާއަކީ މާބޮޑު ވަލިއްޔުލްއަމްރެއްގެ ގޮތުގަ ދެކޭދެކުން، ދައުލަތާއި ރައްޔިތުންގެ ހާދިމެއްގެ ގޮތަށް ބަދަލުކުރަންޖެހޭ: ފައްޔާޒް
ހަބަރު

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް

އެމްޑީޕީގެ ވެރިކަމުގައި ޢާންމު ނުވާ މިންވަރަށް މަގުތައްމަތީ އޮރިޔާން އާންމުވެއްޖެ: ޝެއިޙް ޒަމްޒަމް ފާރިޝް

އީގަލް ހިލްސް ވެބްސައިޓުގަ ހާމަކޮށްފައިހުރި ސަރުކާރުން ހާމަނުކުރާ ބައެއް މައުލޫމާތު ކޮންމެވެސް ސަބަބަކާހުރެ އީގަލް ހިލްސްގެ ވެބްސައިޓުން ނަގައިފި

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ