މާލެ: 31°C

ފަތުރުވެރިޔާ ރޭޕްކުރި ކަމަށް ތުހުމަތުވާ ބަޓްލަރުގެ ޕާސްޕޯޓު ހިފަހައްޓައިފި

ފަތުރުވެރިޔާ ރޭޕްކުރި ކަމަށް ތުހުމަތުވާ ބަޓްލަރުގެ ޕާސްޕޯޓު ހިފަހައްޓައިފި
June 23, 2023
2 ފަހަރު ބަލާފައި
ފަތުރުވެރިޔާ ރޭޕްކުރި ކަމަށް ތުހުމަތުވާ ބަޓްލަރުގެ ޕާސްޕޯޓު ހިފަހައްޓައިފި
ކ. އަތޮޅު ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ޗައިނާގެ ފަތުރުވެރިޔާ، ރޭޕްކުރިކަމަށް ބުނާ މައްސަލައިގައި ތުހުމަތުކުރެވޭ އެ ރިސޯޓުގައި މަސައްކަތްކުރާ އުމުރުން 30 އަހަރުގެ ދިވެހި ބަޓްލަރު ރާއްޖެއިން ފުރުން އިއްޔެ މަނާކޮށްފި އެވެ. ފުލުހުން ބުނީ ރިސޯޓެއްގައި އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތުކުރެވޭ މީހާ ފުރުން މަނާކުރުމުގެ އަމުރަކަށް އިއްޔެ ކޯޓުގައި އެދުމުން އެ އަމަރު ކޯޓުން ދީފައިވާ ކަމަށެވެ. މިމަހުގެ ހަވަނަ ދުވަހު ރޭޕް ކޮށްފައިވާ ކަމަށް ބުނަނީ، އޮސްޓްރޭލިއާ ގެ ސިޑްނީގައި ކިޔަވަމުން ދާ ޒޫ ޔިޓޮންގް (ޔޮލީ) ނަމަކަށް ކިޔާ ޗައިނާ އަށް އުފަން އަންހެނެކެވެ.

އެކަމާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވި ނަމަވެސް، ފުލުހުން ބުނީ އެ މައްސަލަ ހުށަހެޅުމާ އެކު ފޮރެންސިކް ޓީމެއް އެ ރިސޯޓަށް ގޮސް، ތަހުގީގަށް ބޭނުންވާ ފޮރެންސިކް ސާމްޕަލްތަކާއި ފުރަތަމަ ބަޔާން ދެ މީހުންގެ ފަރާތުން ވެސް ނަގާފައިވާ ކަމަށެވެ.

އަދި އިތުރު ފިޔަވަޅެއް އަޅާނީ އެ ސާމްޕަލް ތަކުގެ ނަތީޖާ ލިބުމުން ކަމަށް ފުލުހުން ބުންޏެވެ.

ރިޒްކާލްޓަން ފަރި އައިލެންޑް ރިސޯޓަށް ޒިޔާރަތް ކުރި އެ ޗައިނާ ފަތުރުވެރިޔާ ވަނީ އޭނާގެ ޓްވިޓާގައި ކަން ހިނގައިދިޔަ ގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދީފައެވެ. އަދި އޭނާ ވަނީ މި މައްސަލައަށް އިންސާފު ހޯދެއްވުމަށް އެދި ރައީސް ސޯލިހް އަށާއި، ކުރީގެ ރައީސް ނަޝީދަށް ސީޓީއެއް ވެސް ފޮނުވާފައެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ