މާލެ: 31°C

ފަތުރުވެރިޔާ މަރުވި މައްސަލައިގައި ޑިންގީ ދުއްވަން އިން މީހާ ހައްޔަރުކޮށްފި

February 1, 2023
2 ފަހަރު ބަލާފައި
ފަތުރުވެރިޔާ މަރުވި މައްސަލައިގައި ޑިންގީ ދުއްވަން އިން މީހާ ހައްޔަރުކޮށްފި
ފަތުރުވެރިޔާ މަރުވި މައްސަލައިގައި ޑިންގީ ދުއްވަން އިން މީހާ ހައްޔަރުކޮށްފި
ޑިންގީގެ ބުރަފަތީގައި ޖެހި ފަތުރުވެރިއަކު މަރުވި މައްސަލައިގައި ޑިންގީ ދުއްވަން އިން މީހާ ހައްޔަރުކޮށްފިއެވެ.

މިދިޔަ އާދިއްތަ ދުވަހު ކ. ތުލުސްދޫގައި ކަނޑުއޮޅިއަށް ސްނޯކްލިންއަށް ގޮސް އުޅުނިކޮށް ޑިންޑީގެ ބުރަފަތީ ޖެހިގެން މަރުވީ ޕޮލެންޑްގެ ފަތުރުވެރިއެކެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 45 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި މި މައްސަލައިގެ ތަހުޤީޤަށް އޭނާގެ ބަންދަށް 10 ދުވަހުގެ މުއްދަތު ޖަހާފައިވާ ކަމަށެވެ. ނަމަވެސް އޭނާއަށް ކުރަނީ ކޮން ތުހުމަތެއްކަން އަދި ސާފެއް ނުވެއެވެ.

ޑިންގީގެ ބުރަފަތީގައި ޖެހުމުގެ ސަބަބުން ފަތުރުވެރިޔާގެ ބަނޑު ފަޅައިގެން ގޮސް ގޮހޮރު ވަނީ ބޭރަށް ނިކުމެފައެވެ. އަދި އޭނާގެ އެއް އަތްވެސް ވަނީ ބުރިވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ