މާލެ: 31°C

ފަތުރުވެރިކަމާ ބެހޭ މަހާސިންތާ ފަށައިފި

ފަތުރުވެރިކަމާ ބެހޭ މަހާސިންތާ ފަށައިފި
October 22, 2024
2 ފަހަރު ބަލާފައި
ފަތުރުވެރިކަމާ ބެހޭ މަހާސިންތާ ފަށައިފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި ފަތުރުވެރިކަމާ ބެހޭ މިނިސްޓްރީ ގުޅިގެން އިންތިޒާމުކޮށްގެން ބާއްވާ ފަތުރުވެރިކަމާ ބެހޭ މަހާސިންތާ 2024 މިއަދު ފައްޓައިފިއެވެ.

މި މަހާސިންތާ ކުރިޔަށްދަނީ ކްރޮސްރޯޑްސްގައެވެ.

ކްރޮސްރޯޑްސްގައި ކުރިޔަށްދާ މި މަހާސިންތާގައި ފަތުރުވެރިކަމާ ބެހޭ އެކި ދާއިރާތަކުން 150 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް އެމްއެމްޕީއާރްސީ އިން ވަނީ ބުނެފައެވެ. 

މީގެ ތެރޭގައި ރިސޯޓްތަކާއި ގެސްޓްހައުސް، ލިވަރބޯޑް އަދި ލޯކަލް ޓުއަރިޒަމްގައި ހަރަކާތްތެރިވާ ފަރާތްތަކާއި ޓްރެވަލް އެޖެންޓުން އަދި ފަތުރުވެރިކަމާ ބެހޭ ޖަމިއްޔާތަކާއި، ޓްރެވަލް މީޑިއާތައް ހިމެނޭ ކަމަށް އެމްއެމްޕީއާރްސީ އިން ބުނެފައިވެއެެވެ.

މި މަހާސިންތާގައި ޓުއަރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް އަދި އެމްއެމްޕީއާރްސީގެ މެނޭޖިންގް ޑިރެކްޓަރު ޝިއުރީ އިބްރާހިމްގެ އިތުރުން އެމްއެމްޕީއާރްސީގެ ޗެއަރްޕާޝަން އަބްދުގިޔާސް ބައިވެރިވެވަޑައިގަންނަވައެވެ.

އެމްއެމްޕީއާރްސީ އިން ބުނީ، މި މަހާސިންތާގައި ފަތުރުވެރިކަމަށް އައު ސެގްމަންޓްތައް ތައާރަފު ކުރުމަށް މަޝްވަރާ ކުރުމަށް އެޖެންޑާ ކުރެވިފައިވާ ކަމަށާއި، މީގެ އިތުރުން ޕެނަލް ޑިސްކަޝަން އަކާއި ގްރޫޕް ޑިސްކަޝަންތައްވެސް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އެމްއެމްޕީއާރްސީ އިން ބުނެފައިވާ ގޮތުގައި މި މަހާސިންތާގެ މަގުސަދަކީ، ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ދާއިރާގެ ފަރާތްތަކާއި މަޝްވަރާކޮށް، އާ ހިޔާލުތަކާއި ވިސްނުންތައް ދެނެގަތުމަށް ކަމަށެެވެ. 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ