ގއ.ވިލިނގިލި ހޮސްޕިޓަލް ގައި ސިޒޭރިއަން ހެދުމަށް ފަހު، ވިހެއި ދަރިފުޅާއި މައި މީހާ ނިޔާވެއްޖެ އެވެ.
އާއިލާ އިން ތުހުމަތުކުރާ ގޮތުގައި އެ ދެމައިން ނިޔާވީ ސިޒޭރިއަނަށް ފަހު ހާލު ގޯސްވެ، މާލެ ނުގެނެވި، ފަރުވާ ލިބުން ލަސްވެގެންނެވެ. އެކަމަކު މި ތުހުމަތުތަކަށް ހޮސްޕިޓަލުން އަދި ވާހަކައެއް ނުދައްކަ އެވެ.
ވިލިގިލި ހޮސްޕިޓަލް ގައި ނިޔާވެފައިވާ އުމުރުން 35 އަހަރުގެ އަންހެން މީހާ މީގެ 3 ރޭ ކުރިން ހޮސްޕިޓަލަށް ގެންދިޔައީ ނޭވާލާން އުނދަގޫވާތީ ކަމަށާއި، ނަމަވެސް ހާލު ސީރިއަސްވާން ފެށުމުން ސިޒޭރިއަން ހެދިކަމަށާއި މަރުވި އަންހެންމީހާގެ ބަޑަށް ވެފައިވަނީ 8 މަސްކަމަށް އެ ރަށުން ވާހަކަދެއްކި މީހަކު މިނިވަން އަށް ބުންޏެވެ.
އެ އަންހެން މީހާ މަރުވެފައިވަނީ ސިޒޭރިއަން ހެދިފަހުން ހާލު ދެރަވާންފެށުމުން އިތުރު ފަރުވާއަށް މާލެ ގެންނަން ކޫޢްޑޫ އެއާޕޯޓް ރަންވޭ މަތީގައި ތިއްބައި ކަމަށާއި އަދި ތުއްތު ދަރިފުޅު ނިޔާވީ މާލެ ގެނައި ފަހުން ކަމަށްވެސް އެމީހާ މައުލޫމާތު ދީފައިވެއެވެ.
އަންހެންމީހާގެ ހާލު ސީރިއަސްވާން ފެށުމުން ސިޒޭރިއަން ހައްދަން އަންހެނުންގެ ހާއސަ ޑޮކްޓަރ ނިންމައި އެ މީހާގެ ސިޒޭރިއާން ހަދާފައިވަނީ އެވަގުތު ވިލިނގިލީގައި ކުޑަކުދިންގެ ހާއްސަ ޑިކްޓަރެއް ނެތުމުން ގދ. ތިނަދޫއިން ޑޮކްޓަރެއް ގެނެސްގެން ކަމަށާއި ނަމަވެސް އެފަދަ ހާލަތެއްގައި ކުޑަ ދަރިފުޅު ލާނެ ބޭބީ ނާސަރީއެއްވެސް އެ ރަށުގައި ނުހުންނަ ކަމަށާއި ނަމަވެސް މާލެ ގެންނަން އެމްބިއުލާންސް ގެނެސްވެސް ހާލު ސްޓޭބަލް ވުމުން އެ ދަތުރު ކެންސަލް ކުރިކަމަށްވެސް ބުނެފައިވެއެވެ.
އެއަށްފަހު ސިޒޭރިއަން ހެއްދިފަހުން މާބޮޑަށް ހާލު ގޯސްވުމުން އަލުން މާލެ ގެންނަން ނިންމައި އެއާޕޯޓަށް ގެންދިފަހުން މައި މީހާ މަރުވީ ކަމށްވެސް އެމީހާ މައުލޫމާތު ދީފައިވެއެވެ.
އިތުރަށް އެ މީހާ ބުނީ އެނގިފައިވާ ގޮތުގައި ވިހެއިތާ 10 ގަޑި ވީއިރު އެތަށް ފަހަރަކު މާލެ ފޮނުވަން ނިންމައި، އެއަށްފަހު ހާލު ރަނގަލުކަމަށް ނިންމައި މާލެ ފޮނުވުން ކެންސަލް ކޮށްފައިވާ ކަމަށެވެ.







