މާލެ: 31°C
ފަރުމަހަށް ނިކުތް ދެ މީހަކު ގެއްލިގެން ހޯދަނީ

ފަރުމަހަށް ނިކުތް ދެ މީހަކު ގެއްލިގެން ހޯދަނީ

April 20, 2024
2 ފަހަރު ބަލާފައި
ފަރުމަހަށް ނިކުތް ދެ މީހަކު ގެއްލިގެން ހޯދަނީ
މ. މަޑުއްވަރިން މަހަށް ނިކުތް ދެ މީހަކު ގެއްލިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ މ .ރަތްމަންދޫ ބޭރުން ފަރުމަސް ބާނަން ނުކުތް "ފަރިހި 2" ނަމަކަށް ކިޔާ ޑައިވިންގ ދޯންޏެއްގެ ހަބަރެއް ނުވެގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން، އެ ދޯނި ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެމްއެންޑީއެފް ވައި ބާރުން ދޯނި ހޯދުމަށްޓަކައި "ޔޫއޭވީ" އެ ސަރަހައްދަށް ދިއުމަށް މިހާރު އުދުއްސާލައިފައިވާ ކަމަށާއި ކޯސްޓްގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "މާފަތް" ވެސް ދަނީ ދޯނި ހޯދުމަށް މަސައްކަތް ކުރަމުން ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ އިއްޔެ ހަވީރު މ. މަޑުއްވަރިން ދޯންޏެއްގައި މަހަށް ދިޔަ ދެ މީހަކު ހަބަރެއް ނުވެ ވީނުވީއެއް ނޭނގި ގެއްލިފައިވާކަމުގެ މައުލޫމާތު ރޭ 10:06 ހާއިރު ލިބިފައިވާ ކަމަށެވެ. އެގޮތުން، މ. އަތޮޅު ފުލުހުންގެ ލޯންޗެއް އެ ދޯނި ހޯދުމަށް، ދޯނި ދަތުރުކުރި ސަރަހައްދު ބަލަމުންދާ ކަމަށާއި މި ދޯނިން ދަތުރުކޮށްފައިވަނީ ދެ ދިވެހިން ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ފުލުހުން ވަނީ މި ދޯންޏާއި އެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ އެމަރޖެންސީ ނަންބަރު 119 އަށް ނުވަތަ ކޯސްޓްގާރޑަށް ގުޅުއްވައި އެމައުލޫމާތެއް ހިއްސާކުރުމަށް އެދިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ