މާލެ: 31°C
16 މީހުންނާއެކު ފަރެސްމާތޮޑާއަށް ދަތުރުކުރަމުން ދިޔަ ބޯޓެއް ފަރަށް އަރައިފި

16 މީހުންނާއެކު ފަރެސްމާތޮޑާއަށް ދަތުރުކުރަމުން ދިޔަ ބޯޓެއް ފަރަށް އަރައިފި

May 5, 2024
2 ފަހަރު ބަލާފައި
16 މީހުންނާއެކު ފަރެސްމާތޮޑާއަށް ދަތުރުކުރަމުން ދިޔަ ބޯޓެއް ފަރަށް އަރައިފި
މާލެ އިން ފުރައިގެން ގދ. ފަރެސްމާތިޑާއަށް 16 މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ބޯޓެއްފަރަށް އަރައިފިއެވެ. އެމްއެންޑީއެފުން ބުނީ، 16 މީހުންނާ އެކު ދަތުރުކުރަމުން ދަނިކޮށް ފަރަށް އަރާފައިވަނީ "ރޯޝަނީ" ނަމަކަށް ކިޔާ ބޯޓެއް ކަމަށާއި، އެބޯޓުން ދަތުރުކުރި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ. އެ ބޯޓު ފަރަށް އެރުމާއި ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން ޑައިވަރުން އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެމްއެންޑީއެފުން ބުނީ އެ ބޯޓު އަދި ފުން ނުކުރެވޭ ކަމަށާއި، ދިޔަ ބޮޑު ވުމުގެ ސަބަބުން ބޯޓު ކަފު ޖަހާނެ ދޯންޏެއް އައުމާއެކު ފުން ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. އޭގެ އިތުރުން، ފާސްޓް އިންޓަސެޕްޓާ ކްރާފްޓް ޑައިވަރުންނާއެކު ބޯޓު ފުން ކުރުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ