މާލެ: 31°C

ފަރެސްމާތޮޑާއިން ވެލިބޭރުކުރާ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

ފަރެސްމާތޮޑާއިން ވެލިބޭރުކުރާ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި
April 25, 2023
2 ފަހަރު ބަލާފައި
ފަރެސްމާތޮޑާއިން ވެލިބޭރުކުރާ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި
ގަވައިދަ ހިލާފަށް ފަރެސްމާތޮޑާފަޅުތެރެއިން ވެލި ނަގާ ފުވައްމުލަކަށް ގެންދާތީ އެކަން ހުއްޓުވުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފު އެވެ.

މި ކުއްލި މައްސަލައަށް ބަހުސްކުރަން ނުފެންނަ ކަމަށް 32 މެންބަރުން ވޯޓު ދެއްވިއިރު ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 12 މެންބަރުންނެވެ. ހުސައިން ހުށަހެއްޅުއްވި މައްސަލައިގައި ވިދާޅުވީ، ފަރެސްމާތޮޑާ ގުޅިފައިވާ ސަރަހައްދު ކޮނެގެން 45،000 ކޮޑި މީޓަރުގެ ވެލި ފުވައްމުލަކަށް ގެންދިއުމަކީ ވަރަށް ޒިންމާދާރުކަންކުޑަ އަދި އެކަމުގެ ސަބަބުން އެ ސަރަހައްދުގެ ވެއްޓަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަމަށެވެ. ފުވައްމުލަކަށް ވެލި ގެންދިއުމަށް ފަރެސްމާތޮޑާއާއި ގުޅިފައިވާ އެއްވެސް ހިސާބަކުން ކޮނެގެން ނެގުމަށް އީޕީއޭއިން ހުއްދަދީފައިނުވާ ކަމަށްވެސް ހުސައިން ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ