މާލެ: 31°C

ފަރެސްމާތޮޑާ އިން ވެލި ނަގައިގެން ފުވައްމުލަކަށް ގެންދާތީ ކަންބޮޑުވެއްޖެ

ފަރެސްމާތޮޑާ އިން ވެލި ނަގައިގެން ފުވައްމުލަކަށް ގެންދާތީ ކަންބޮޑުވެއްޖެ
April 24, 2023
2 ފަހަރު ބަލާފައި
ފަރެސްމާތޮޑާ އިން ވެލި ނަގައިގެން ފުވައްމުލަކަށް ގެންދާތީ ކަންބޮޑުވެއްޖެ
ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް، ގދ. ފަރެސްމާތޮޑާ ފަޅުން ވެލި ނަގައިގެން ފުވައްމުލަކަށް ގެންދާތީ އެ ރަށު ކައުންސިލުން އެކަން ކުށްވެރިކޮށް، ކަންބޮޑުވުން ފާޅުކޮށްފި އެވެ. ފަރެސްމާތޮޑާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަށް، ފަރެެސް މާތޮޑާ އާއި ގުޅިފައިވާ ހިސާބަކުން ވެލި ނަގަނީ އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ހުއްދަ ވެސް ނެތި ކަމަށެވެ. ފުވައްމުލަކަށް ވެލިގެންދަނީ،  ފަރެސްމާތޮޑާ ފުޓްބޯޅަ ދަނޑު ރަނގަޅު ފެންވަރަކަށް ހެދުމަށް ބޭނުންވާ ވެލި، އެއާޕޯޓް މަޝްރޫއުގެ ތެރެއިން ގެންދިއުމަށް ޔޫތު މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީއާ ދެމެދު މަޝްވަރާކޮށް، ވެލި ނުލިބިގެން ކަމަށް ބުނެ އެ މަސައްކަތް ނުފެށި އޮއްވާ ކަމަށް ވެސް އެ ކައުންސިލުން ފާހަގަކުރިއެވެ.

އީޕީއޭގެ ގަވާއިދާ ހިލާފަށް ކުރާ އެކަންތައް ހުއްޓައިލަން ގޮވައިލާ ކަަމަށް ވެސް އެކަުންސިލުގެ ބަޔާނުގައި ވެއެވެ.

" މިހާރުން މިހާރަށް މިކަން ހުއްޓުވައިދިނުމަށް ކަމާ ގުޅުން ހުރި އެންމެހައި ފަރާތްތަކަށް ދަންނަވަން،" ފަރެސްމާތޮޑާ ކައުންސިލްގެ ބަޔާނުގައި ވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ