މާލެ: 31°C

ފަނޑިޔާރު ކަމަށް ނިހާޔަތު ކުރިމަތިލައިފި

March 12, 2025
211 ފަހަރު ބަލާފައި
ފަނޑިޔާރު ކަމަށް ނިހާޔަތު ކުރިމަތިލައިފި
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލް މަރިޔަމް ނިހާޔަތު ކުރިމަތިލައްވައިފި އެވެ.

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލް މަރިޔަމް ނިހާޔަތު ކުރިމަތިލައްވައިފި އެވެ.

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ހުޅުވާލީ މާޗް 10 ވަނަ ދުވަހު އެވެ. އެ ފުރުސަތު ހުޅުވާލާފައި އޮތީ މިއަދު ހެނދުނު 11:00 އާހަމައަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފަނޑިޔާރު ކަމަށް ކުރިމަތިލެއްވީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލް މަރިޔަމް ނިހާޔަތު އެކަނި އެވެ.

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގައިވާގޮތުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން އެމަޤާމުގެ ޝަރުތު ފުރިހަމަވާ މީހުންނާ، ޖޭއެސްސީން އިންޓަވިއުކޮށް ހެދުމަށްފަހު، އިންޓަރވިއުކުރެވުނު ޝަރުތު ފުރިހަމަވާ އެންމެންގެ ނަންތައް، އަދި އޭގެ ތެރެއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ޖޭއެސްސީއަށް ފެންނަ މީހުންގެ ނަންތައް، ވަކިން އެނގޭގޮތަށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅަންޖެހެ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ނަންތައް އަދި ޖޭއެސްސީން ހުށަހަޅާ ހުރިހާ ނަމެއްވެސް ރައްޔިތުންގެ މަޖިލީހަށް ފޮނުވަންޖެހެ އެވެ.

ސުޕްރީމް ކޯޓުގެ ބެންޗު އެކުލެވިގެންވަނި 7 ފަނޑިޔާރުންގެ މައްޗަށެވެ. އޭގެތެރެއިން ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. ސުއޫދު އިސްތިއުފާ ދެއްވީ އޭނާ ސަސްޕެންޑްކޮށް ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން ބަލަން ފަށާފައިވަނިކޮށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ