ފަނޑިޔާރު ހުސައިން ޝަހީދާއި އެހެން ދެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ސާބިތެއްނުވި

ފަނޑިޔާރު ހުސައިން ޝަހީދާއި އެހެން ދެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ސާބިތެއްނުވި
ލިޔުން:
ހައިކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދުގެ ސުލޫކީ ދެމައްސަލައިގެ އިތުރުން އިތުރު އެހެން ދެކޯޓެއްގެ ދެ ފަނޑިޔާރެއްގެ ސުކޫލީ މައްސަލަ ސާބިތު ނުވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން ( ޖޭއެސްސީ ) އިން ނިންމައިފިއެވެ.
ފަނޑިޔާރު ހުސައިން ޝަހީދުގެ ދެ މައްސަލައިގެ އިތުރުން ޖޭއެސްސީ އަށް ހުށަހެޅި އަނެއް ދެ މައްސަލައަކީ، ކްރިމިނަލް ކޯޓުގެ ގާޒީ ސަފްއަތު ހަބީބުގެ ސުލޫކީ މައްސަލައަކާ، ސިވިލް ކޯޓުގެ ގާޒީ މަރްޔަމް ވަހީދުގެ ސުލޫކީ މައްސަލައެވެ.
ހައި ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދާ ގުޅޭގޮތުން ޖޭއެސްސީން ބެލީ ކޮން މައްސަލަތަކެއްކަމެށް އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު ތަހުގީގުކުރަން ފެށި، ގާޒީ ސަފްއަތު ހަބީބުގެ މައްސަލައަކީ، ކްރިމިނަލް ކޯޓުގެ މައްސަލައެއްގައި ހުލާސާ ބަޔާން ހުށަހަޅައި މައްސަލައިގެ އަޑުއެހުން ނިމިފައިވީ ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން މައްސަލައިގެ ހުކުމް ކުރުމުގެ މަޖިލިސް ބާއްވާފައި ނުވާ މައްސަލެވެ.
ގާޒީ މަރިޔަމް ވަހީދުގެ މައްސަލަ ތަހުގީގުކުރަން ފެށީ ސިވިލް ކޯޓުގައި ކުރިއަށް ގެންދިޔަ ތަންފީޒީ ގަޒިއްޔާއެއްގައި ހިމެނޭ ހަސްމަކާ އެގަޒިއްޔާއާ ގުޅޭގޮތުން ޝަރީއަތުގެ ބޭރުން މުއާމަލާތުކޮށް، ހުކުމް ތަންފީޒު މައްސަލަތައް ބެލުމުގައި އަމަލުކުރާ އުސޫލާ ކަނޑައެޅިގެން ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނެ ލިބުނު ޝަކުވާއަކާ ގުޅިގެންނެވެ.
މި ހަތަރު މައްސަލަ ބަލައި ތަހުގީގުކުރުމަށްފަހު ސާބިތު ނުވާ ކަމަށް ޖޭއެސްސީ އިން ނިންމާފައިވަނީ މި މަހުގެ 12 ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ 12 ވަނަ ބައްދަލުވުމުގަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
