މާލެ: 31°C

އެމްއޭއެފްގެ ފައިސާއިން މަނީ ލޯންޑަރ ކުރަން އެހީތެރިވެދިނުމުގެ ދައުވާ އިތުރު ދެ މީހެއްގެ މައްޗަށް

January 21, 2025
280 ފަހަރު ބަލާފައި
އެމްއޭއެފްގެ ފައިސާއިން މަނީ ލޯންޑަރ ކުރަން އެހީތެރިވެދިނުމުގެ ދައުވާ އިތުރު ދެ މީހެއްގެ މައްޗަށް
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ބޭންކް އެކައުންޓްޓުތައް ނަހަމަ ގޮތުގައި ބޭނުންކޮށް މަނީ ލޯންޑަރިންގެ އަމަލު ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އިތުރު ބަޔަކަށް ދައުވާ އުފުލައިފި އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ބޭންކް އެކައުންޓްޓުތައް ނަހަމަ ގޮތުގައި ބޭނުންކޮށް މަނީ ލޯންޑަރިންގެ އަމަލު ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އިތުރު ބަޔަކަށް ދައުވާ އުފުލައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ އާދިއްތަ ދުވަހު އެވެ.

އެ މައްސަލާގައި ޕީޖީ އޮފީހުން ދައުވާ އުފުލާފައި ވަނީ ގއ. ގެމަނަފުށި، ފެހިކުރި، މުހައްމަދު އަގީލް (އެފްއޭއެމްގެ އެކައުންޓްސް ޑިޕާޓްމަންޓްގެ ކުރީގެ ހެޑް) އަށާއި މ. ހިރިނައިދޫ، ހަސަން ވަހީދުގެ މައްޗަށެވެ. 

އަގީލް އާއި ވަހީދުގެ އިތުުރުން އަމީން ކޮންސްޓްރަކްޝަނަށް އުފުލާފައިވަނީ މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ އެވެ.

އެތަނުން އަގީލަށް އުފުލި ދައުވާގައިވާ ގޮތުން ޖެނުއަރީ 26، 2021 ގައި އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއު އެޕާޓްމަންޓް ގަތުމަށް އެފްއޭއެމްގެ އެކައުންޓުގައިވާ ފައިސާއިން އަމީން ކޮންސްޓްރަކްޝަނަށް ފައިސާ ދެއްކުމަށްޓަކައި، ޗެކު ތައްޔާރުކޮށްދިނީ އަގީލް އެވެ. 

އޭޕްރީލް 14، 2021 ގައި އެ ޗެކު މެދުވެރިކޮށް އަމީން ކޮންސްޓްރަކްޝަނަށް 1,000,000 ޑޮލަރު އޭނާ ޖަމާކުރި ކަމަށް ދައުވާގައި ބުންޏެވެ. އެ ފައިސާއަކީ ޑޮލަރު ވިއްކުމުގެ މުއާމަލާތެއްކަމުގައި ދެއްކުމުގެ ގޮތުން އެ ޑޮލަރަށްވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް ނުލިބެނީސް، އަމީން ކޮންސްޓްރަކްޝަނުން އެފްއޭއެމަށް، 15،420،000ރ ލިބުނުކަމަށް ސްޓޭމްޕް ޖަހައި ސޮއިކޮށް އެ ލިޔުންތައް އަގީލް ތައްޔާރުކޮށްފައިވެ އެވެ.

އެފްއޭއެމްގެ އެކި މަގާމުތައް އަދާކޮށްފައިވާ ވަހީދަށް އުފުލި ދައުވާގައިވާ ގޮތުން އެފްއޭއެމްގެ އެކައުންޓުގެ ޗެކެއް މެދުވެރިކޮށް ޖެނުއަރީ 10، 2021 ގައި ޗެކްމާކް ކުންފުންޏަށް އެއްލައްކަ ޑޮލަރު ދޫކުރުމުގެ ކަންކަން އިންތިޒާމްކުރީ ވަހީދެވެ.

 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ