މާލެ: 31°C
ފަޅުވެެރިން ނެތި އުޅަނދުތައް ފަޅުގައި ނުބޭއްވޭނެ

ފަޅުވެެރިން ނެތި އުޅަނދުތައް ފަޅުގައި ނުބޭއްވޭނެ

23 މާރިޗު 2025
260 ފަހަރު ބަލާފައި
ކަނޑުދަތުރުކުރާ އުޅަނދުފަހަރު ފަޅުގައި އެޅުމަށްފަހު، އެ އުޅަނދު ބެލެހެއްޓުމަށް އެކަށީގެންވާ އަދަދެއްގެ ފަޅުވެރިން ބޭތިއްބުމަށް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓްރީން އަންގައިފި އެވެ.

ކަނޑުދަތުރުކުރާ އުޅަނދުފަހަރު ފަޅުގައި އެޅުމަށްފަހު، އެ އުޅަނދު ބެލެހެއްޓުމަށް އެކަށީގެންވާ އަދަދެއްގެ ފަޅުވެރިން ބޭތިއްބުމަށް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓްރީން އަންގައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު ކުރި އިއުލާނެއްގައި ބުނީ ކަނޑު އުޅަނދުފަހަރު ފަޅުގައި އެޅުމަށްފަހު ބަލަހައްޓަން ފަޅުވެރިއަކު ނެތި ދޫކޮށްލާފައިދާކަން އެ މިނިސްޓްރީގެ ސަމާލު ކަަމަށް އައިސްފައިވާ ކަމަށެވެ.

އެގޮތަށް އުޅަނދުފަހަރު ފަޅުތެރޭގަ އާއި ކަނޑުގެ ސަރަހައްދުގައި ނަގިލިލުމަށް ފަހު، އުޅަނދު ބެލެހެއްޓުމަށް އެއްވެސް ފަޅުވެރިއެއް އުޅަނދުގައި ނެތި އުޅަނދު ދޫކޮށްލާފައި ދިއުމުގެ ސަބަބުން ތަފާތު ނުރައްކާތެރި ހާދިސާތައް ދިމާވެ، މީހުންގެ މުދަލަށް ގެއްލުން ވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އިއުލާނުގައި ބުނި ގޮތުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ކަނޑު އުޅަނދުފަހަރު ނަގިލިލާފައި ނުވަތަ ޖެޓީގައި އޮންނަ ވަގުތުތަކުގައި އެ އުޅަނދެއް ބެލެހެއްޓުމަށް ޓަކައި އެކަށީގެންވާ އަދަދަށް ފަޅުވެރިން ތިބުމަކީ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ކޮންމެހެން ލާޒިމު ކަމެއް ކަމުގަ އެވެ.

އެގޮތަށް ނަގިލިލާފައި އުޅަނދު ބެލެހެއްޓުމަށް ބޭނުންވާ އަދަދަށް އެ އުޅަނދުގައި ފަޅުވެރިން ނެތް ނަމަ، އެ އުޅަނދުގެ ވެރިފަރާތަކާ މެދު "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު" ގެ ދަށުން 1،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމުގައި މިނިސްޓްރީން ފާހަގަކުރި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ