
ފަޅުތެރެއިން ދޯނިތައް ނަގަންޖެހޭ މައްސަލަ ހައްލުކޮށްދޭނަން: ރައީސް
ފަޅުތެރެއިން ދޯނިތައް ނަގަންޖެހޭ މައްސަލަ ހައްލުކޮށްދޭނަން: ރައީސް
ލިޔުން:
މާލޭ ފަޅުތެރޭގަ ތިބެގެން ދޯނިތަކުގެ މަސައްކަތް ކުރެވޭނެ ގޮތަކަށް ކުރިޔަށްދެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއެޖެއެވެ.
ރައީސް ޑރ.މުއިއްޒު އާއްމު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށްގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި ތ.މަޑިފުށީ، ތަރިވިދާގޭ، އަހްމަދު އިބްރާހީމް ވަނީ މާލޭ ފަޅުތެރޭގައި ހުންނަ ފައްތިޔާދޯނިތައް ނަގަން އަންގާތީ، އެކަމުގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް ކުރި ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ، މާލެ ފަޅުތެރޭގައި މަޑިފުށީގެ ވަރަށްގިނަ ދޯނިތަކާއި އެހެން ދޯނިތަށް ވެސް މަސައްކަތް ކުރަމުން ދާކަމަށެވެ.
އެހެން ކަމުން ރައީސް ވިދާޅުވީ އެ މަސައްކަތް ކުރާނެ އިތުރު ތަނެއް ދެއްކުމެއް ނެތި އެ ފަޅުން ދޯނިތަށް ނެގިޔަ ނުދޭނެ ކަމަށެވެ. އެގޮތުން ފަޅުތެރޭއިން އެހެން ދިމާލަކުން ނަމަވެސް ހަމަ ނުޖައްސާ އެގޮތަށް ދޯނިތަށް ނެގިޔަ ނުދޭނެ ކަމަށެވެ.
"މާލެ ސިޓީ ކައުންސިލާ ވާހަކަ ދައްކާ އިރާދުކުރެއްވިއްޔާ ތިކަމުގަ ހުރި ކަންބޮޑުވުން ހައްލުކޮށްދޭނަން" ރައީސް ވިދާޅުވިއެވެ.
https://twitter.com/governmentmv/status/1757283465567916049
ރައީސް ވިދާޅުވީ ދޯނިތައް އެހެން ތަނަކަށް ބަދަލުކުރާނަމަ ވެސް އެކަން ހިނގާނީ ދޯނީގެ ވެރިންނާ މަޝްވަރާކުރެވިގެ ކަމަށާއި، ހަމަ ކުއްލިއަކަށް ދޯނިތަށް ނަގަން ބުނެ ކަންބޮޑުވާން ޖެހޭ ގޮތަކަށް އެކަން ނުކުރައްވާނެ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
