މާލެ: 31°C
ފަލަސްތީނުގެ ނަސްރަށްއެދި ކުރާ ދުޢާ، ޚުތުބާ އިން އުންޏެއް ނުކުރޭ: މިނިސްޓަރު ޝަހީމް

ފަލަސްތީނުގެ ނަސްރަށްއެދި ކުރާ ދުޢާ، ޚުތުބާ އިން އުންޏެއް ނުކުރޭ: މިނިސްޓަރު ޝަހީމް

March 23, 2024
3 ފަހަރު ބަލާފައި
ފަލަސްތީނުގެ ނަސްރަށްއެދި ކުރާ ދުޢާ، ޚުތުބާ އިން އުންޏެއް ނުކުރޭ: މިނިސްޓަރު ޝަހީމް
ފަލަސްތީނުގެ މުސްލިމުންނަށް ނަސްރު ދިނުމަށް އެދި ކުރާ ދުއާ ހުކުރު ހުތުބާ އިން އުނިނުކުރާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވީ ހުކުރު ޚުތުބާ އިން އެ ދުއާ މިދިޔަ މަހުން ފެށިގެން އުނިކޮށްފައިވާ ކަމަށް ބުނެ މީޑިއާއަކުން ރިޕޯޓްކޮށްފައިވާތީ އެވެ. މިނިސްޓަރު ޝަހީމު ވިދާޅުވީ ފަލަސްތީނުގެ މުސްލިމުންނަށް ނަސްރު ދިނުމަށް އެދި ކުރާ ދުއާ ކޮންމެ ހުކުރު ހުތުބާއެއްގައި މެދުނުކެނޑި ނެތި އަންނަ ކަމަށެވެ. އިއްޔެގެ ހުކުރު ހުތުބާގައި ވެސް އެ ދުއާ ހިމެނުނުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެހެންވެ އެ ދުއާ އުނކުރިކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތާ ހިލާފް ވާހަކައެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ