މާލެ: 31°C

އާންމު ރައްޔިތުންނަށް މިއަށްވުރެ ފަސޭހައިން ބޭންކް ރޭޓްގައި ޑޮލަރު ލިބުނު ޒަމާނެއް އަދި ނާދޭ: ފަލާހް

July 11, 2026
390 ފަހަރު ބަލާފައި
އާންމު ރައްޔިތުންނަށް މިއަށްވުރެ ފަސޭހައިން ބޭންކް ރޭޓްގައި ޑޮލަރު ލިބުނު ޒަމާނެއް އަދި ނާދޭ: ފަލާހް
މިއަދަށްވުރެ ފަސޭހައިން ރައްޔިތުންނަށް ޑޮލަރު ލިބެމުންދާ ދުވަހެއް ފަހުގެ ތާރީހުގައި ފެނިފައި ނެތްކަމަށް ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

މިއަދަށްވުރެ ފަސޭހައިން ރައްޔިތުންނަށް ޑޮލަރު ލިބެމުންދާ ދުވަހެއް ފަހުގެ ތާރީހުގައި ފެނިފައި ނެތްކަމަށް ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ފަލާހު ވިދާޅުވީ އާސަންދައިން ބޭރަށް ފުރާ ކޮންމެ ފަރާތަކަށް 15.42 ގެ ރޭޓުން 1000 ޑޮލަރު ދަނީ ލިބެމުން ކަމަށާއި، އަދި ކިޔަވާ ކުދިންނަށް ކޯސްފީ އާއި ވިސާފީ ދައްކަން ބޭނުންވާ ޑޮލަރު ބޭންކް ރޭޓްގައި ޑޮލަރު ލިބެމުންދާ ކަމަށާއި، ހައްޖާއި އުމުރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭނުންވާ ޑޮލަރުވެސް 15.42 ރޭޓުން ބަރާބަރަށް ފޯރުކޮށްދެމުންދާ ކަމަށެވެ.

އެހެންކަމުން "ޑޮލަރެއް ނުލިބޭ" ގެ ނަމުގައި އެމްޑީޕީން މަގުމަށްޗަށް ނިކުތުން ވާނީ ހަޑިކަމަކަށް ކަަމަށާއި، 2008 އެމްޑީޕީން ވެރިކަމަށް އައުމަށްދެއްކި ވާހަކަތައް ރައްޔިތުން ހަނދާން ކުރަންޖެހޭ ކަމަށެވެ.

އެގޮތުން ވެރިކަމަށް ދެ އަހަރުވިތަނާ އަލަށް ވެރިކަމަށް ހުވާކުރެއްވި ބޭފުޅާ ފައިބާވަޑައިގެންދިޔައީ ހަގީގަތުގައި ގައުމު ހިންގޭނެ އެއްވެސް ގޮތެއް ނެތިގެން ކަމަށާއި، އޭރު ރައްޔިތުން ތިބި ހާލަތުގެ ސަބަބުން ހުރިހާ ހިސާބެއްގައި ދިޔައީ މުޒާހަރާކުރަމުން ކަމަށެވެ.

ނަމަވެސް ހަގީގަތަކީ މިއަދަށްވުރެ ރައްޔިތުންނަށް ޑޮލަރު ފަސޭހައިން ލިބެމުންދާ ދުވަހެއް މި ފަހުގެ ތާރީހުގައި ނުފެންނަ ކަމަށާއި އެގޮތުން މިހާރު ބޭނުންކުރަމުންދާ ޑެބިޓް ކާޑާއި ކްރެޑިޓް ކާޑާއި ވިސާ ކާޑުތައް ބޭނުންކޮށްގެން ރާއްޖެއިން ބޭރަށް އެކިއެކި ފަރާތްތަކަށް ބޭންކް ރޭޓްގައި ދެތިން ހަތަރުހާސް ޑޮލަރު ބޭނުންކުރެވޭނެ ކަމަށެވެ.

ވީމާ އާންމު ރައްޔިތުންނަށް މިއަށްވުރެ ފަސޭހައިން ބޭންކް ރޭޓްގައި ޑޮލަރު ލިބުނު ޒަމާނެއް އަދި ނާންނަ ކަމަށް ވަލާހު ވަނީ ވިދާޅުވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ