އެ ބޭހަކީ ރާއްޖެ ގެނެސް ވިއްކަން ހުއްދަ ދީފައިވާ ބޭހެއް ނޫން ނަމަވެސް ބޭރުން ގަނެގެން ވިޔަސް އެ ބޭސް އެތެރެކުރެވިފައިވާ ނަމަ ސަމާލުވާން އެމްއެފްޑީއޭ އިން ބުންޏެވެ.
މީގެ އިތުރުން ޕާކިސްތާނުން އުފައްދާ، ލޭ މައްޗައްދާ މީހުން ބޭނުންކުރާ ބޭހެއް ކަމަށްވާ ޓެލްސާޓާ 40 ގެ ބެޗެއްގައި މުށި ކުލައެއް ލައްތަކެއް ހުރުމުން އެކަމަށް ސަމާލުވުމަށް ވެސް އެމްއެފްޑީއޭއިން އެދެއެވެ.މައްސަލަ ޖެހިގެން އުޅޭ ބެޗު ރާއްޖެއަށް އެތެރެވެފައިވާކަން ފާހަގަކުރެވިފައިނުވި ނަމަވެސް ބޭސް ސިޓީއަކުން ނަމަވެސް ބޭހުގެ އެ ބެޗު ރާއްޖެ އެތެރެވެފައި އޮވެދާނެތީ އެކަމަށް ސަމާލުވުމަށް ވެސް އެ އޮތޯރިޓިއިން އެދެއެވެ.







