
ފާއިތުވީ 20 އަހަރު ތެރޭގައި ނުލިބޭވަރަށް ތަރައްގީ ލިބިއްޖެ: އަލިފުށީ ކައުންސިލް
ފާއިތުވީ 20 އަހަރު ތެރޭގައި ނުލިބޭވަރަށް ތަރައްގީ ލިބިއްޖެ: އަލިފުށީ ކައުންސިލް
ލިޔުން:
ރ. އަލިފުއްޓަށް ފާއިތުވީ 20 އަހަރު ތެރޭގައި ނުލިބޭވަރަށް ތަރައްގީ ލިބިއްޖެ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރ. އަލިފުއްޓަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެރަށު ކައުންސިލް އާއި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއާ އެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައި، އެ ކައުންސިލުގެ މެމްބަރުން ވިދާޅުވީ ފާއިތުވި ވިއްސަކަށް އަހަރުތެރޭގައި ނުލިބޭހައި ބޮޑު ތަރައްގީއެއް އެރަށަށް ލިބިފައިވާ ކަމަށެވެ. އެރަށުގައި މިހާރުވެސް ގިނަ މަޝްރޫއުތަކެއް އެރަށުގައި ހިނގަމުންދާކަން ފާހަގަ ކުރައްވައި ކައުންސިލަރުން ޝުކުރު އަދާކުރެއްވި އެވެ.
އަލިފުށީގައި މި ސަރުކާރުން އަޅާ އެއާޕޯޓުގެ މަސައްކަތާއި، ފެނާއި ނަރުދަމާގެ މަސައްކަތްތަ ފަދަ ގިނަ މަޝްރޫއުތައް ހިންގަމުންދާކަން ކައުންސިލް ފާހަގަ ކުރެއްވި އެވެ.
އެރަށަށް ބޭނުންވާ ތަރައްގީގެ އިތުރު ކަންތައްތަކެއް ކައުންސިލަރުން ރައީސްށް ދެންނެވިއެވެ. އޭގެ ތެރޭގައި އެރަށުގެ އިރުމަތި ފަރާތު ބަނދަރު މަރާމާތު ކުރުމާއި، ސިނާޢީ ސަރަހައްދަށް ބިން އިތުރު ކުރުމާއި، އިޖުތިމާއީ މަރުކަޒެއް އެޅުމާއި އަދި އަލިފުށީގައި އަޅާ ހޮސްޕިޓަލްގެ މަސައްކަތް އަވަސް ކުރުމަށް ބޭނުން ވާކަން ކައުންސިލަރުން ރައީސަށް ދެންނެވި އެވެ. އަލިފުށީ ގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ވަނީ އަލިފުށީ ބޯޓުޔާޑު ސަރަހައްދުގައި އުފެދޭ ފައިބަރުކުނި ނައްތާލެވޭނެ ނިޒާމެއް ގާއިމްކުރަން ބޭނުންވާކަމާއި، އަދި އަލިފުށީގައި ކެންސަރުބަލި އިތުރުވެފައިވާތީ އެކަމުގެ ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ހެދުމަށް ބޭނުންވެފައިވާކަން ރައީސަށް ދަންންވާފައެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުތައް ނިންމުމަށް ފަހު ދެން އެންމެ ބޮޑުކަމަކަށް އޮންނާނީ ޒަމާނީ ފެންވަރަށް ރަށްރަށުގެ މަގުތައް ހެދުންކަމަށެވެ.
ސަރުކާރުން މިހާރު އަލިފުށީގައި ހިންގަމުން އަންނަ ތަރައްގީގެ ކަންކަމުގެ މައުލޫމާތު އެ ބައްދަލުވުމުގައި ކައުންސިލަރުންނަށް ރައީސް ދެއްވި އެވެ. އެގޮތުން އެރަށުގެ ތަރައްގީއަށް ސަރުކާރުން އިމާރާތްކުރައްވާ އައު ހޮސްޕިޓަލަށް ފަންޑް ހަމަޖެހިފައިވާކަން ފާހަގަ ކުރެއްވިއެވެ. އަލިފުށީގެ ތަރައްގީއަށް ބޭނުންވެފައިވާ ކަންކަން ސަރުކާރުގެ ކަމާއި ގުޅުން ހުރި އިދާރާތަކާއެކު މަޝްވަރާކުރައްވައި ކުރިޔަށް ގެންދެވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
