މާލެ: 31°C

ފައިސަލް ވަނީ އިހްލާސްތެރިކަމާއެކު މަސައްކަތްކޮށް ނަތީޖާ ނެރެދީފަ: އަބްދުއްރަހީމް

January 28, 2025
219 ފަހަރު ބަލާފައި
ފައިސަލް ވަނީ އިހްލާސްތެރިކަމާއެކު މަސައްކަތްކޮށް ނަތީޖާ ނެރެދީފަ: އަބްދުއްރަހީމް
ޓޫރިޒަމް މިނިސްޓަރުގެ މަގާމުން މިއަދު ވަކިކުރި އިބްރާހިމް ފައިސަލްގެ ވަޒީރުކަމުގައި އިހުލާސްތެރި މަސައްކަތެއް ކޮށްދެއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އޭނާގެ ބައްޕާފުޅު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ވަކި ސަބަބެއް ނާންގާ ވަޒީރުކަމުން ފައިސަލް ވަކިކޮށްފައިވާއިރު، އެކަމާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވިދާޅުވީ ފައިސަލްއަށްޓަކައި މުޅި އާއިލާވެސް ފަހުރުވެރިވާ ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމާބެހޭ ވަޒީރުކަމުގެ މަގާމުގައި ހުރެގެން ހިދުމަތް ކުރީ އިހްލާސްތެރިކަމާ ތެދުވެރިކަމާއެކު. ނަތީޖާ ނެރެދެއްކި" އަދި އަބްދުއްރަހީމް ނިސްބަތްވެވަޑައިގަންނަވާ ފޮނަދޫ ދާއިރާގެ ރައްޔިތުންގެ އިތުބާރާ ލޯބި ފައިސަލް ހޯއްދެވި ކަމަށް ޕޯސްޓުގައި ވިދާޅުވި އެވެ.ޓޫރިޒަމް މިނިސްޓަރު ކަމުން ފައިސަލް ވަކިކުރެއްވިއިރު، މަގާމުގެ ހައިސިއްޔަތުން އޭނާ ކުރަން ހަމަޖެހިފައިވާ ރަސްމީ ހުރިހާ ދަތުރުތައް ހުއްޓާލަން ރައީސް އޮފީހުން މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެންގި އެވެ. ފައިސަލްގެ ދަތުރުތައް ހުއްޓުވި ސަބަބާ ގުޅޭ ގޮތުން ރައީސް އޮފީހުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ފައިސަލް މަގާމުން ވަކި ކުރެއްވުމަށް ފަހު ޓޫރިޒަމް މިނިސްޓްރީ ހިންގެވުން މިއަދުން ފެށިގެން ވަގުތީ ގޮތުން ހަވާލުކުރައްވާފައިވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއާ އެވެ.

މައުލޫމާތު ލިބޭގޮތުން ފައިސަލް މަގާމުން ވަކިކުރީ ރައީސް ޑރ މުހައްމަދު މުއިއްޒުއާ އަބްދުއްރަހީމްއާ ދެމެދު އުފެދުނު ނުތަނަވަސްކަމެއްގެ ތެރެއިންނެވެ. އެކަމަކު އެއީ ކޮންކަމެއްކަން އަދި މިހާތަނަށް އެނގިފައެއް ނުވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ