ޓޫރިޒަމް މިނިސްޓަރ މަގާމްގައި ހުންނެވި ރައްޔިތުން މަޖިލީހުގެ ރައީސް އަބުދުއްރަހީމް ޢަބްދުﷲގެ ދަރިކަލުން އިބްރާހީމް ފައިސަލް ވަޒީރު ކަމުގެ މަގާމުން ވަކިކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގައި އޮތް ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގުރީމެންޓް ގެ ސިއްރު ކޮޕީ، ދެބަފައިން އިންޑިޔާއަށް "ވިއްކާލުމުން" ކަން އިންޑިޔާގެ ސިޔާސީ ފަރާތްތަކަކުން ހާމަ ކޮށްފި އެވެ.
އިންޑިޔާގެ ސީނިއަރ ސިޔާސީ ފަރާތްތަކާއި ހަވާލާދީ އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އަދުރޭ މި މުއާމަލާތް އިންޑިޔާ އާއި އެކު ކުރުމަށް މެދުވެރިއެއްގެ ބައި ކުޅެދީފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު-އަންނި އެެވެ.
މިއެގްރީމެންޓް އިންޑިޔާއަށް "ވިއްކާލައިގެން" އަބުދުއްރަހީމްގެ ދެބަފައިން ވަނީ އެތައް މިލިޔަން ޑޮލަރެއް ރިސްވަތުގެ ގޮތުގައި ހޯއްދަވާފައި ކަމަށް އިންޑިއާގެ މަސްދަރުތަކުން ބުނެއެވެ.
އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަމާއި ގުޅޭ ފުރިހަމަ މައުލޫމާތު ރާއްޖޭގެ ޖާސޫސީ އިދާރާތަކުން ވަނީ ރައީސް މުއިއްޒަށް އަރުވާފަ އެވެ.
ރާއްޖޭގެ ޖާސޫސީ އިދާރާތަކުން ރައީސަށް އަރުވާފައިވާ މައުލޫމާތުގެ ތެރޭގައި މިނުބައި ޖަރީމާ ހިންގުމަށް ފަހު އަބުދުއްރަހީމް ދެބައިންނަށް ލިބިފައިވާ އެތައް މިލިޔަން ޑޮލަރުގެ މައުލޫމާތު ވެސް ހިމެނެއެވެ.
އަބުދުއްރަހީމްގެ ދެބަފައިން މި އަމަލްގެ ސަބަބުން އިންޑިޔާ ރާއްޖެ އާއިމެދު ކަތި ނަޒަރަކުން ބަލަމުންދާ ކަމަށް އިންޑިޔާގެ ނޫސްތަކުން ވެސް މިހާރު ވަނީ ރިޕޯޓް ކުރަން ފަށާފަ އެވެ.
ރައީސް ޑރ. މުއިއްޒު ކުއްލި ގޮތަކަށް ފައިސަލް މަގާމުން ވަކި ކުރުމާއެކު އެންމެ ފުރަަތަމަ ކުރެއްވި އެކްސް ޕޯސްޓުން ވެސް ވާގި އެދިފައި ވަނީ ރައީސް ނަސީދުގެ ހިތްވަރުގެ ބަސްތަކުންކަން ފާހަގަ ކުރެވެއެވެ.
އަދި މިކަމުގެ ސަބަބުން އިންޑިއާއިން ބޮޑެތި ފިއްތުންތައް ރާއްޖެއަށް ކުރިމަތިވާނެއެވެ







