
ފައިސާ ނުދައްކައިގެން ކުޅުދުއްފުށީ ފުލުހުންގެ ވެހިކަލްތަކަށް ޕެޓްރޯލު ވިއްކުން ހުއްޓާލައިފި
ފައިސާ ނުދައްކައިގެން ކުޅުދުއްފުށީ ފުލުހުންގެ ވެހިކަލްތަކަށް ޕެޓްރޯލު ވިއްކުން ހުއްޓާލައިފި
ލިޔުން:
ފައިސާ ނުދައްކައިގެން ކުޅުދުއްފުށީގައި ދުއްވާ ފުލުހުންގެ ވެހިކަލުތަކަށް ޕެޓްރޯލު ދޫކުރުން އެތުމާއިން ހުއްޓާލައިފި އެވެ.
ބައެއް އޮންލައިން މީޑިއާ ތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެތުމާއިން ފުލުހުންނަށް ތެޔޮ ދޫކުރުން ހުއްޓާލިތާ ދެ ދުވަސް ވެއްޖެ އެވެ. ފުލުހުންނަށް ޕެޓްރޯލު ދޫކުރުން ހުއްޓާލީ ފައިސާ ހޯދުމަށް ގިނަ މަސައްކަތްތަކެއްކޮށް އެކަން ކާމިޔާބު ނުވުމުންކަމަށް ވެސް ރިޕޯޓުތަކުގައިވެއެވެ.
ފުލުހުންގެ ވެހިކަލުތަކަށް ޕެޓްރޯލު ވިއްކުން ހުއްޓާލުމުން ރަށުތެރެ ޕެޓިރޯލުކުރާ އަދަދު ވަރަށް ބޮޑުތަނުން ވަނީ މަޑުޖެހިފައި ކަމަށާއި، އެކަމުގެ ސަބަބުން އެންމެ އެކަށީގެންވާ ގޮތުގައި ރަށުތެރެ ޕެޓިރޯލުނުކުރެވި ފުލުހުންނަށް ދަނީ ދަތިތަކާ ކުރިމަތިވަމުން ކަމަށް ވެސް ރިޕޯތުތަކުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ރިޕޯޓު ތަކުގައި ބުނެފައި ވަނީ އެތުމާއަށް ފުލުހުން 5 ލައްކައަށްވުރެ ގިނަ ފައިސާ ދައްކަން ޖެހޭ ކަމަށެވެ. އެތުމާއަކީ ކުޅުދުއްފުށީގައި ތެޔޮ ވިއްކާ ހަމައެކަނި ކުންފުންޏެވެ.
މި ކަމާއިގުޅިގެން މީޑިއާ ތަކުން ސުވާލު ކުރުމުން އަދި ވަނީ ފުލުހުންގެ ޖަވާބެއް ލިބޭގޮތް ނުވެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
