ފައިސާ ގެއްލޭ މައްސަލަ: ބީއެމްއެލް، އެމްއެމްއޭ، ކޭމް އަދި ފުލުހުން މަޖިލީޙަށް

ފައިސާ ގެއްލޭ މައްސަލަ: ބީއެމްއެލް، އެމްއެމްއޭ، ކޭމް އަދި ފުލުހުން މަޖިލީޙަށް
ލިޔުން:
ސްކޭމްގެ ކޯލްތަކާއި ޕިޝިން ލިންކްތައް ފޮނުވުން ފަދަ ކަންތައްތަކުގެ ތެރެއިން މީހުންގެ އެކައުންޓުން ފައިސާ ގެއްލޭ މައްސަލާގައި މައުލޫމާތު ދޭން ބޭންކް އޮފް މޯލްޑިވްސާގެ އިސް ބޭފުޅުންނާއި މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމާއި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ އިސް ބޭފުޅުން އަދި ފުލުހުން މިއަދު ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންފި އެވެ.
ސްކޭމްގެ ތެރެއިން ފައިސާ ގެއްލޭ އިރު އޭގެ ތެރެއިން ގިނަ ފައިސާއަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރުންގެ އެކައުންޓްތަކުން ގެއްލޭ ފައިސާ ކަމަށް ވިދާޅުވެ، ކުއްލި މައްސަލައެއްގެ ގޮތުގައި އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ. އެއްވެސް ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ އެ މެމްބަރު މިދިޔަ ހޯމަ ދުވަހު މަޖިލީހަށް ހުށަހެޅުއްވި އެ މައްސަލަ ބަލައިގަންނަން އެދުވަހުގެ ޖަލްސާއިން ފާސްކުރި އެވެ.
އެ މައްސަލަ ބަލައިގަންނަން ފާސްކުރުމުން އެ މައްސަލަ މިހާރު ބަލަމުން އަންނަނީ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޮޕްރައިޒް ކޮމިޓީ (އެސްއޯއީ) ކޮމިޓީންނެވެ.
އެ މައްސަލާ ބެހޭ ގޮތުން ކޮމިޓީން ސާފުކުރަން ބޭނުންވާ މައުލޫމާތު ދެއްވަން އިރާރާތަކުގެ އިސް ބޭފުޅުން ވަޑައިގެން މިއަދު ބޭއްވި ބައްދަލުވުން ސިއްރުކުރަން ކޮމިޓީން ނިންމީ އެ އިދާރާތަކުން ދޭން ހުރި މައުލޫމާތުތަކުގެ ތެރޭގައި ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ މައުލޫމާތާއި ކުށްކުރާ މީހުންނަށް އެހީއަކަށް ވެދާނެ މައުލޫމާތު ހިމެނޭތީ އެވެ. ބައްދަލުވުން ސިއްރުކުރަން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
ކޮމިޓީގެ ބައްދަލުވުން ހުޅުވާލައިގެން ކުރިއަށް ގެންދިއުމާ ދޭތެރޭ އިދާރާތަކުން ހިޔާލު ފާޅުކުރަން ހުޅުވައިލި ފުރުސަތުގައި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ބުނީ އެ ބައްދަލުވުމުގައި ދައްކަން ހުރި ވާހަކައިގެ ތެރޭގައި ގައުމީ ސަލާމަތަށް ކޮންމެވެސް ވަރަކަށް ހުރެދާނެ ކަމަށެވެ. ކުށްކުރާ މީހުންނަށް ފައިދާ ކުރާނެ ވާހަކަތައް އޭގެ ތެރޭގައި ހިމެނިދާނެ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
އެމްއެެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ ހުޅުވާލައިގެން ކުރިއަށް ގެންދާ ނަމަ ހާމަ ކުރެވޭނީ ހާމަކޮށްގެން ގެއްލުމެއް ނުވާނެ ފަދަ މައުލޫމާތު އެކަނި ކަމަށެވެ. ފުލުހުން ވެސް ބުނީ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަންތައްތައް "ވަރަށް އޯޕަންކޮށް" ކޮމިޓީއަށް ދޭން ބޭނުންވާ ކަމަށެވެ.
ބީއެމްއެލް އިން ބުނީ ހުޅުވާލައިގެން ކުރިއަށް ގެންދަން އިއުތިރާޒް ނުކުރާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
