ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
ލިޔުން:
އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ޖަމާކުރުމަށްފަހު، ދެން އެ ފައިސާ އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯންނަ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީިއެމްއެލް) އިން ބުނެފިއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ބީއެމްއެލްގެ ޕީއާރު ކޯޑިނޭޓަރު މަރިޔަމް ނުޒުހަތު ވުދާޅުވީ އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ޖަމާކުރުމަށްފަހު، ދެން އެ ފައިސާ އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯންނަ ކަމަށާއި އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ޖަމާކުރާ ހިސާބުން އެ ފައިސާއަކީ އެ ފައިސާ ހުރި އެކައުންޓުގެ ވެރިފަރާތުގެ ފައިސާ ކަމަށެވެ.
"އެއީ އަޅުގަނޑުމެންނަށް ވަރަށް ދިމާވާ ދަތިތަކެއް. ފައިސާ ފޮނުވުމަށްފަހު އަޅުގަނޑުމެންނަށް އެބަ އާދޭ ފޯން ކޯލް މިސާލަކަށް ބުނާނަމަ ސްނޭމްކަން އެނގިގެން. އެފަރާތްތަކުން ގުޅާފަ އެބަ ރިކުއެސްޓްކުރޭ ފައިސާ ހޯލްޑް ކޮށްދޭށޭ. އެކަމަކު އެ ޓްރާންސެކްޝަން ހިނގުމަށްފަހު އަޅުގަނޑުމެންނަށް އެ ފަވަރއެއް ނީންނާނެ އެ އެކައުންޓެއްގައި ހުންނަ ފައިސާ އެހެން އެކައުންޓަކަށް ރައްދުކޮށްދިނުމުގައި" ނުޒުހަތު ވިދާޅުވިއެވެ.
ހަމައެއާއިއެކު ރޯދަމަހާއި ގުޅިގެން ތަފާތު ޕްރޮމޯޝަނަލް ލިންކުތައް ލިބޭ ކަމާއި އެ ލިންކުތައް ބޭނުންކޮށްގެން މައުލޫމާތު ހޯދަން މަސައްކަތް ކުރާ ކަމަށްވެސް ނުޒުހަތު ވިދާޅުވިއެވެ. އިތުރަށް ނުޒުހަތު ވިދާޅުވީ ގާތް ރައްޓެއްސެއްގެ ނަމުގައި ސްކޭމް ކޯލްތައް ކުރުމުން ވެސް، އެ މީހާގެ ގާތުގައި އެއީ ކާކުތޯ އަހާލުމަށް ގިނަ ބަޔަކު ޖެހިލުންވާ ކަމަށާއި އެހެން ނަމަވެސް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުން މައުލޫމާތު ހޯދައިގެން ގުޅާ ކަމަށެވެ. އަދި ޖެހިލުންވުމުގެ ބަދަލުގައި އެ މީހާއަކީ ރަނގަޅު މީހެއްތޯ ޔަގީންކުރުން މުހިންމުކަމުގައި އޭނާ ވިދާޅުވިއެވެ.
ނުޒުހަތު ވިދާޅުވީ އެފަދަ ކަންކަމަށް ހުރިހާ ފަރާތްތަކުން ވެސް ހޭލުންތެރިވާންޖެހޭ ކަމަށާއި އަދި ފައިސާ ގެއްލުމުން ދެން ޖެހޭނީ ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިގެން އެ މައްސަލަ ބަލަން ކަމަށެވެ.
އަދި ހަމަ އެ ޕްރޮގްރާގައި ވާހަކަފުޅުދައްކަވަމުން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ ރަމަޟާން މަހުގެ ތެރޭގައި އެންމެ ގިނައިން ލިބޭ އެއްޝަކުވާއަކީ އޮޅުވާލައިގެން ޑޮލަރު ހޯދާ މައްސަލައާއި ޕޭޖުތަކުން އޮންލައިންކޮށް އެއްޗެހި ގަތުމަށްފަހު، އެ އެއްޗެހި ޑެލިވާރ ނުކުރާ މައްސަލަ ކަމަށާއި އަދި ވައިބާ ނުވަތަ ޓެލެގަރާމް ގްރޫޕްތަކުން ޑޮލަރު ގަތުމަށްްފަހު، ދިވެހި ފައިސާ ނުފޮނުވާ މައްސަލައާއި ދިވެހި ފައިސާ ފޮނުވުމަށްފަހު އެއަށްވާ ޑޮލަރު ނުލިބޭ މައްސަލަތައް ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
