މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ، ރައްޔިތުންނަށް ތަކުލިފަކަށްވާ ކަންކަން ހައްލުކޮށްދެއްވުމަށް ރައީސް ދެއްވި އިރުޝާދާއެކު ރައްޔިތުންނަށް ތަކުލީފަކަށްވި ޓްރާންފޯމަރުތައް ނަގައިފައިވާނެ ކަމަށެވެ.
މާވެޔޮމަގު މިސްކިތް ކައިރީގައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ޓްރާންސްފޯމަރު ބަދަލުކުރީ އެ ތަނާ މާ ދުރު ނޫން ސަރަހައްދަކަށެވެ."މާތްﷲގެ އިރާދަފުޅާއެކު، އައު އަހަރު އެއްވެސް ހުރަހެއްނެތި އެ މަގުން ރައްޔިތުންނަށް ދަތުރު ކުރެވި އޭގެ ފަސޭހަ ލިބިގެންދާނެ. ދިވެހީންގެ ރާއްޖޭގައި ކަންކަން ހިނގަމުންދާނީ ރައްޔިތުން އެދޭ ގޮތަށް،" ފަހުމީ ވިދާޅުވިއެވެ.







