
ފަހުމީގެ އަމާޒަކީ ސްޓެލްކޯގެ ފައިދާ ފަސް މިލިއަނަށް އެރުވުމާއި އިޔާދަކުރުވަނިވި ހަކަތަ އުފެއްދުން
ފަހުމީގެ އަމާޒަކީ ސްޓެލްކޯގެ ފައިދާ ފަސް މިލިއަނަށް އެރުވުމާއި އިޔާދަކުރުވަނިވި ހަކަތަ އުފެއްދުން
ލިޔުން:
އެންމެ ބޮޑު އިސްކަމެއްދެއްވާނީ ސްޓެލްކޯއަކި ފައިދާވާ ކުންފުންޏަކަށް ހެދުން ކަމުގައި ސްޓެލްކޯގެ އާ އެމްޑީ ފަހުމީ ވިދާޅުވެއްްޖެއެވެ.
ދިވެހި މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ފަހުމީ ވިދާޅުވީ، އެ ކުންފުންޏަކީ، 500 މިލިއަން ރުފިޔާގެ ފައިދާއެއް ލިބޭ ކުންފުންޏަކަށް ހެދުމަށް ކުރިއަށް އޮތް ފަސް އަހަރު މަސައްކަތް ކުރައްވާނެ ކަމަށެވެ.
ދެވަނަ އަމާޒަކީ ސްޓެލްކޯއިން އަތޮޅު ތެރޭގައި ހިންގާ ތިން ރަށަކަށް، މިހާރު ހުޅުމާލޭ ހައިވޭގައި އިންސްޓޯލްކޮށްފައިވާ ސޯލާ ޕެނަލްތައް ބަދަލުކޮށްގެން، އެ ރަށްރަށުގެ ދުވާލުގެ ކަރަންޓު ސޯލާއަށް ބަދަލު ކުރުން ކަމަށް ވެސްފަހުމީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިއީ ހާސިލުވާނެ ޓާގެޓެއް ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.
ސްޓެލްކޯގައި އޭނާ ހޭދަކުރެއްވި 25 އަހަރުގެ ތަޖުރިބާއާ އެކު ކުންފުނީގެ މެނެޖިން ޑިރެކްޓަރު ކަމާ ހުސެއިން ފަހުމީ ހަވާލުވެވަޑައިގަތީ، ކުންފުނި ރަނގަޅު އަމާޒަކަށް ގެންދިއުމުގެ ފުރިހަމަ ޔަގީންކަން އޮތުމުންކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
