
ފަހު 10 ގެ ފުރަތަމަ ދުވަހުން ފެށިގެން ގޮވާމުން ޒަކާތް ބަލައިގަންނަނީ
ފަހު 10 ގެ ފުރަތަމަ ދުވަހުން ފެށިގެން ގޮވާމުން ޒަކާތް ބަލައިގަންނަނީ
ލިޔުން:
ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށް ރޯދަމަހުގެ ފަހު ދިހައިގެ ފުރަތަމަ ދުވަހުން ފެށިގެން ( ރޯދަމަހުގެ 20 ވަނަ ދުވަހުން ފެށިގެން) އެ ފުރުސަތު ހުޅުވައިލާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ރޯދަމަހުގެ 20 ވަނަ ދުވަހުން ފެށިގެން ރޯދަމަހުގެ 29 ވަނަ ދުވަހާ ހިސާބަށް އޮންނާނެ ކަމަށެވެ. ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދައްކަން ޖެހޭ މިންވަރަކީ އެ ބަޔަކު އާއްމުކޮށް ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ. ރާއްޖޭގައި ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަންނާނެ ބާވަތްތަކަކީ އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަންފުށް އަދި އާޓާފުށެވެ.
މާލޭގައި ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަލައިގަތުން ކުރިއަށް ގެންދާނީ މަޖީދިއްޔާ ސްކޫލުގެ ޞަލާޙުއްދީން ހޯލުގަ އެވެ. އެތަނަށް ވަދެވޭނީ ކުރީގެ ދަރުމަވަންތަ ސްކޫލުގެ މައި ދޮރާށިން (އަމީރުއަހުމަދު މަގުގައިވާ ދޮރާށިން) ނެވެ. ގޮވާމުން ޒަކާތް ބަލައިގަންނާނެ ގަޑިތަކަކީ ހުކުރު ދުވަސް ފިޔަވާ އެެހެން ދުވަސްތަކުގެ ހެނދުނު، 10:00 އިން 12:00 އަށް، މެންދުރު ފަހު 1:00 އިން 3:15 އަށް އަދި ރޭގަނޑު 9:00 އިން 10:30 އަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
