މާލެ: 31°C
"ފަހި ރާސްތާ" ޕްރޮގްރާމް ފަށައިފި

"ފަހި ރާސްތާ" ޕްރޮގްރާމް ފަށައިފި

March 12, 2024
3 ފަހަރު ބަލާފައި
"ފަހި ރާސްތާ" ޕްރޮގްރާމް ފަށައިފި
މަގުމަތީގެ ސަލަމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރިއަށް ގެންދާ ރައްކާ ކެމްޕެއިންގެ "ފަހިރާސްތާ" ޕްރޮގްރާމް ފަށައިފިއެވެ. މާލެ ސަރަހައްދުގައި މިހާރު ކުރިއަށްދާ މި ޕްރޮގްރާމް ފައްޓަވައި ދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނެވެ. "ފަހި ރާސްތާ" ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާ ހަރަކާތްތަކުގައި ރޯދަ މަހު މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމު ރައްޔިތުން ހޭލުންތެރި ކުރުވުމަށް ތަފާތު މައުލޫމާތު ހިއްސާކުރާނެއެވެ. އަދި ހައިވޭގެއި ހަތަރު ލޭން ހިމެނޭ ސަރަހައްދުގައި ޗެކް ޕޮއިންޓު ބަހައްޓައި އުޅަނދުތައް ހުއްޓުވައި ފުލުހުން ބަލަމުން ދާނެއެވެ. އެގޮތުން، ހުއްޓުވާ އުޅަނދުތަކުގެ ތެރެއިން އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އުޅަނދު ދުއްވާ މީހުންނަށް ޕެޓްރޯލް ގިފްޓް ވައުޗަރާއި އުޅަނދު ދޮވުމުގެ ގިފްޓް ވައުޗަ އަދި ރައްކާތެރި ހެލްމެޓު ހަދިޔާކުރުމަށް ހަމަޖެހިފައިވެއެވެ.   ރޯދަ މަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތްތަކުގައި ސްކޫލުތަކުގެ ދަރިވަރުންނަށާއި އޮފީސްތަކުގެ މުވައްޒަފުންނަށް ވެސް މައުލޫމާތު ދޭނެއެވެ. އަދި މަގުމަތީގައި ހުރި ޓްރެފިކް ނިޝާން ބޯޑުތައް ރަނގަޅުކުރުމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ މައުލޫމާތު ހިމެނޭ ބިލްބޯޑުތައް މާލެއާ އި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކުރުމަށް ހަމަޖެހިފައިވެއެވެ. ފަހި ރާސްތާ" ކުރިއަށް ގެންދަނީ ފުލުހުންގެ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި ޝީޝާ މޯލްޑިވްސް އާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ އިތުރުން ދަ ހޯކްސް ގުޅިގެންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ