މާލެ: 31°C
ފޭސްބުކް އަދި އިންސްޓަރ ގްރާމް ޑައުންވެއްޖެ

ފޭސްބުކް އަދި އިންސްޓަރ ގްރާމް ޑައުންވެއްޖެ

March 5, 2024
2 ފަހަރު ބަލާފައި
ފޭސްބުކް އަދި އިންސްޓަރ ގްރާމް ޑައުންވެއްޖެ
ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބޭނުންކުރާ ސޯޝަލް މީޑިއާ ޕްލެޓްފޯމް ފޭސްބުކް އަދި އިންސްޓަރގްރާމް ޑައުންވެއްޖެއެވެ. ފޭސްބުކް އަދި އިންސްޓަރ ގްރާމް ޑައުންވެފައިވަނީ، މިރޭ އިރާކޮޅު 20:32 ހާއިރެވެ. ފޭސްބުކް އެކައުންޓް ލޮގް އޮފް ވެ އެކައުންޓަށް ލޮގިން ކުރުމުންވެސް ނުވަދެވޭއިރު، މި މައްސަލަ ދުނިޔޭގެ އެކި ގައުމުތަކުގައި ފޭސްބުކް ބޭނުންކުރަމުންދާ މީހުނަށް ދިމާވެފައިވާކަމަށް ޓެކް ހަބަރުތައް ގެނެސްދޭ ވެބްސައިޓުތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ފޭސްބުކްގެ ބަލަދުވެރި ކުންފުނި "މެޓާ" އިން ވަނީ ފޭސް ބުކް ލޮގިން ވުމުގައި މައްސަލައެއް އުޅޭކަމަށް ބުނެފައެވެ. އެގޮތުން މެޓާގެ އިންޖިނިއަރުން އެކަން ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. ފޭސްބުކަށް ވަނުމުގައި ދިމާވި މައްސަލަ ގަޑިއިރެއްހާއިރުފަހުން ރާއްޖެއަށް ރަނގަޅުވިނަމަވެސް ބައެއް ގައުމުތަކަށް މެޓާގެ ބައެއް ޕްލެޓްފޯމްތަކަށް ރަނގަޅު ނުވާކަމަށް މައުލޫމާތު ލިބެއެވެ. ފޭސްބުކަށް މީގެކުރިން 2021 ވަނަ އަހަރުވެސް ޕޭޖްް ޑައުންވުމުގެ މައްސަލައެއް ދިމާވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ