މާލެ: 31°C
ވެއްޓުނު ފާރުދަށުވި ކުއްޖާ އިމަޖެންސީގައި މާލެ ގެނެސްފި

ވެއްޓުނު ފާރުދަށުވި ކުއްޖާ އިމަޖެންސީގައި މާލެ ގެނެސްފި

May 18, 2024
2 ފަހަރު ބަލާފައި
ވެއްޓުނު ފާރުދަށުވި ކުއްޖާ އިމަޖެންސީގައި މާލެ ގެނެސްފި
ވިއްސާރަވެ، ވައިގަދަވުމުގެ ސަބަބުން ތ.ކަނޑޫދޫގައި ފާރެއް ވެއްޓި އަނިޔާ ލިބުނު ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.އިއްޔެ ހަވީރު ހިނގި މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ 10 އަހަރުގެ ފިރިހެން ކުއްޖަކަށެވެ. އެރަށުގެ ކައުންސިލްގެ ރައީސް އަހުމަދު ރީހާން ވިދާޅުވީ މިހާދިސާ ހިނގީ އިއްޔެ އިރުއޮއްސުނު ވަގުތު ކަމަށާއި، އެވަގުތަކީ ވަރަށް މޫސުން ގޯސްވެ، ވައިގަދަވި ވަގުތެއް ކަމަށެވެ. އެ ފާރަކީ މީހުން ދިރިއުޅޭ ގެއެއްގެ ވަށާފާރު ކަމަށާއި، އެއީ ދުވަސްވީ ފާރެއް ކަމަށް ވެސް ވިދާޅުވިއެވެ. އެ ރަށު ސިއްހީ މަރުކަޒުން ބުނީ އަނިޔާ ލިބުނު ކުޑަކުއްޖާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދަން ލަފާދީފައިވާ ކަމަށެވެ. އެއާ އެމްބިއުލާންސްގައި އެކުއްޖާ މާލެ ގެނެސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެެވެ

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ