
ފާލަން ތަރައްގީ ކުރާނީ ގައުމިއްޔަތާ، ސަގާފަތް ރަމްޒުކޮށްދޭ ގޮތަށް: އެމްޓީސީސީ
ފާލަން ތަރައްގީ ކުރާނީ ގައުމިއްޔަތާ، ސަގާފަތް ރަމްޒުކޮށްދޭ ގޮތަށް: އެމްޓީސީސީ
ލިޔުން:
މާލޭ ރަސްމީ ފާލަން "އިއްޒުއްދީން ފާލަން" ތަރައްގީ ކުރާނީ ގައުމިއްޔަތާ، ސަގާފަތް ރަމްޒުކޮށްދޭ ގޮތަށް ކަމަށް އެމްޓީސީސީން ބުނެފިއެވެ.
ފާލަން ތަރައްގީ ކުރުމުގެ މި މަޝްރޫއު ކޮންސްޓްރަކްޝަން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރުމާ ގުޅިގެން މިހާރު އެ ކުންފުނިން ވަނީ އެ މަސައްކަތުގެ އަމަލީ މަސައްކަތް ފަށާފައެވެ.
އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރަސްމީ ފާލަމަކީ ދިވެހި ޖުމްހޫރިއްޔާގެ އިއްޒަތާއި، ސިޔާދަތާއި، ދިވެހިންގެ އަމިއްލަވަންތަކަން ރަމުޒުކޮށްދޭ މުހިންމު ބިނާއެއް ކަމަށެވެ.
އެގޮތުން، ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ފާލަށް އެންމެ ފަހުންވެސް ފަރުމާކުރީ އެކުންފުނިންކަން ފާހަގަކޮށް އެމްޓީސީން ބުނީ ފާލަން މިހާރު ހުރީ ވަރަށް ބޮޑަށް ވީރާނާވެ މަރާމާތަށް ބޭނުންވެފައި ކަމަށެވެ.
"އެގޮތުން އަލުން ތަރައްގީ ކުރެވޭ ރަސްމީ ފާލަމަކީ ދިވެހިންގެ ގައުމިއްޔަތާއި، ސަގާފަތް ރަމްޒުކޮށްދޭ، ގިނަ ދުވަހު ބޭނުންކުރެވޭފަދަ ފެންވަރު ރަނގަޅު ފާލަމަކަށްވާނެ ކަމުގެ ޔަގީންކަން މި ކުންފުނިން ދިވެހި ރައްޔިތުންނަށް އަރުވަމެވެ." އެމްޓީސީސީން ބުނެފައިވެއެވެ.
މި މަޝްރޫއުގެ ދަށުން ކުރީގެ ޖެޓީ ރޫޅާލުމާއި، އައު ޖެޓީގެ ކޮންކްރީޓް މަސައްކަތާއި، ސްޓީލް ސްޓްރަކްޗަރ ފަރުވާމުރުމާއި ލަކުޑި އަދި މަތިވަޑާމުގެ މަސައްކަތް ހިމެނެއެވެ. މިއީ 11.7 މިލިއަން ރުފިޔާއަށް 270 ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
