މާލެ: 31°C

ފާޑުކިއުންތަކާ އެކު އަސްލަމް ދައުވަތު ދެއްވީ ނަޝީދު އެނބުރިވަޑައިގަންނަވަން!

February 17, 2023
2 ފަހަރު ބަލާފައި
ފާޑުކިއުންތަކާ އެކު އަސްލަމް ދައުވަތު ދެއްވީ ނަޝީދު އެނބުރިވަޑައިގަންނަވަން!
ފާޑުކިއުންތަކާ އެކު އަސްލަމް ދައުވަތު ދެއްވީ ނަޝީދު އެނބުރިވަޑައިގަންނަވަން!
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކު މަސައްކަތް ކުރައްވަން އެނބުރި ވަޑައިގަންނަވަން، ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ދައުވަތު ދެއްވައިފި އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވައި ނާކާމިޔާބު ވެވަޑައިގެންނެވުމުން، ނަޝީދު ގެންދަވަނީ އެ އިންތިހާބު ކާމިޔާބުކުރެއްވި ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަރިހުގައި މަސައްކަތް ކުރެއްވުމާ ދެކޮޅު ހައްދަވަމުންނެވެ. "ފިކުރެއްގެ ދިރުން" މި ނަމުގައި އެމްޑީޕީގެ ގޮތްޕެއް ހެއްދެވުމަށް ފަހު ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެ ގޮފިން ތާއީދުކުރާނެ ކެންޑިޑޭޓަކު ނިންމާނީ އަދި ފަހުން ކަމަށެވެ. އެކަން އެހެން ހިނގާފައި ވަނިކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓް އަރުވަން މިރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި އަސްލަމް ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވައިދާއި އެޕާޓީގެ މަގުސަދުތަކަކީ ކަޅާއި ހުދުން ލިޔެފައިވާ ކަންތައްތަކެއް ކަމަށާއި އެ ނޫން އާ ފިކުރެއްގެ ވާހަަކަ ދެއްކެވުމުން ނަޝީދު ހުއްޓަވައިލައްވަން އެދިވަޑައިގަންނަވާ ކަމަށެވެ. "އެ ނޫން އާ ފިކުރެއް، ފެންނަން ނެތް، ހާމަވެފައި ނެތް، ވަންހަނާވެގެންވާ ފިކުރެއްގެ ވާހަކަ ދެއްކެވުުން ހުއްޓަވައިލައްވާފައި ވާދަވެރި ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދަށް އަޅުގަނޑު ދަންނަވައިލަން ބޭނުން ވަނީ ، ޒަމާންތަކަކަށް އެ މަނިކުފާނާ އެކީ މަސައްކަތް ވެސް ކުރި މީހެއްގެ ހައިސިއްޔަތުން ދަންނަވައިލަން ބޭނުން ވަނީ ވަޑައިގަންނަވާށޭ، ،މިއަދު ވެސް  މިތަނުން ވެސް މަނިކުފާނު ނެތް ކަމުގެ ހިތްދަތިކަން އަޅުގަނޑުމެންގެ އެބަ އޮތޭ،" އަސްލަމް ވިދާޅުވި އެވެ. ރައީސް ސޯލިހަށް ތާއީދު ނުކުރައްވާނެ އެއް ސަބަބެއް ކަމަށް ނަޝީދު ތަކުރާރުކޮށް ދައްކަވާ އެއް ވާހަަކަފުޅަކީ، އެމްޑީޕީގެ މެނިފެސްޓޯއާ އެއްގޮތަށް ރައީސް މަސައްކަތް ނުކުރައްވާ ކަމަށް ވިދާޅުވެ ކުރައްވާ ތުހުމަތެކެވެ. އަސްލަމް ވިރޭ ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯއަށް ބިނާކޮށް، ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އެކުލަވައިލާފައިވާ ކަމަށާއި އެއާ ހިލާފު ވެވަޑައިނުގަންނަވާ ކަމަށެވެ. އަސްލަމް ވިދާޅުވި ގޮތުގައި ރައީސް ދެން ވެސް މަައްކަތްކުރައްވާނީ އެ މެނިފެސްޓޯއާ އެކުގަ އެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ