މާލެ: 31°C

އޭދަފުށީ ގުދަނަކުން ރާފުޅިތަކާއި ބިޔަރު ދަޅުތަކެއް ހޯދައިފި

އޭދަފުށީ ގުދަނަކުން ރާފުޅިތަކާއި ބިޔަރު ދަޅުތަކެއް ހޯދައިފި
July 4, 2023
2 ފަހަރު ބަލާފައި
އޭދަފުށީ ގުދަނަކުން ރާފުޅިތަކާއި ބިޔަރު ދަޅުތަކެއް ހޯދައިފި
ބ. އޭދަފުށީގައި ހުރި ގުދަނަކުން ބަނގުރާފުޅި ތަކަކާއި ބިޔަރު ދަޅުތަކެއް ފުލުހުން ހޯދައިފިއެވެ. ފުލުހުން ބުނީ އެ ރަށު ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ބަނގުރާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ގެނެސްފައިވާ ކަމަށެވެ. އިއްޔެ އޭދަފުށި ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި އެ ގުދަން ބަލައި ފާސްކުރިއިރު ފަސް ފުޅި ބަނގުރާ އަދި 43 ދަޅު ބިޔަރު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެކަމަކު އެ މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައިއެއް ނުވެއެވެ. މި މައްސަލަ އޭދަފުށި ޕޮލިސް ސްޓޭޝަނުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ