މާލެ: 31°C

އެއްވެސް ގައިދީއަކު ނުކައި ހުރިކަމުގެ މައުލޫމާތެއް ނުލިބޭ : ކަރެކްޝަންސް

February 19, 2023
2 ފަހަރު ބަލާފައި
އެއްވެސް ގައިދީއަކު ނުކައި ހުރިކަމުގެ މައުލޫމާތެއް ނުލިބޭ : ކަރެކްޝަންސް
އެއްވެސް ގައިދީއަކު ނުކައި ހުރިކަމުގެ މައުލޫމާތެއް ނުލިބޭ : ކަރެކްޝަންސް
ކ.މާފުށީ ޖަލުގައި ގައިދީންނަށް ދެ އިރަކަށް ކާން ނުލިބުނު ކަމަށްބުނެ، ގައިދީންތަކެއް  ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުންދާކަމަށް މީޑިއާތަކުގައި ރިޕޯޓު ކުރި ނަމަވެސް ، އެފަދަ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.
ކަރެންޝަންސްގެ މީޑިއާ އޮފިޝަލު "މިނިވަން" އަށް ވިދާޅުވީ ޖަލުގައި އެއްވެސް ގައިދީއަކު ނުކައި ހުރިކަމުގެ މައުލޫމާތެއް ނުލިބޭ ކަމަށާއި އެހެން ނަަމެވެސް ޖަލުގައި ހުރި ކަންބޮޑުވުންތައް ކަރެކްޝަނުން ބަލަމުން އަންނަ ކަމަށެވެ. "އެއްވެސް ގައިދީ އަކު ނުކައި ހުރިކަމުގެ މައުލޫމާތު ލިބިފައެއްނުވޭ.. ޔުނިޓް 11 ގަ ކަންބޮޑުވުންތަކެއް ހުރުމުން އެކަންކަމަށް އެޑްސެރް ކުރަމުން މިދަނީ " މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. ޔުނިޓް 11 ގައި ކަންބޮޑުވުންތަކެއް ހުރިކަމަށް ކަރެކްޝަނުން ބުނި ނަމަވެސް އެއީ ކޮންކަމެއްކަމެއް ސާފުވާގޮތެއްނުވިއެވެ. ބައެއް މީޑިއާތަކުން ރިޕޯޓުކުރާގޮތުގަ، ހަޅުތާލުކުރާ ގައިދީން ތިބީ ޖަލުގެ 14 ވަނަ ޔުނިޓްގަ އެވެ. މި ޔުނިޓްގައި ބަންދުކޮށްފައި ތިބެނީ ހަރުކަށި ފިކުރުގެ މީހުންނެވެ. އެ ހަޅުތާލު ފެށީ މިދިޔަ ބުދަ ދުވަހު އެވެ. އެ މީހުން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަން ފަށާފައިވަނީ  ގޮޅިތަކަށް އެއް ރެއަކު ކެއުމާއި ޖެހިގެން އައި ދުވަހު ހެނދުނު ސައި ނުދިނުމުން ކަމުގައި ވެއެވެ. 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ