މާލެ: 31°C

އެއްވެސް ބަޔަކަށް ފްލެޓް ނުބަހަން، ދައުރުވަނީ ހަދައިގެންއުޅޭ ލިސްޓެއް: އާބަންކޯ

އެއްވެސް ބަޔަކަށް ފްލެޓް ނުބަހަން، ދައުރުވަނީ ހަދައިގެންއުޅޭ ލިސްޓެއް: އާބަންކޯ
April 22, 2023
2 ފަހަރު ބަލާފައި
އެއްވެސް ބަޔަކަށް ފްލެޓް ނުބަހަން، ދައުރުވަނީ ހަދައިގެންއުޅޭ ލިސްޓެއް: އާބަންކޯ
އެއްވެސް މުވައްޒަފަކަށް ފްލެޓް ބަހާފައެއް ނުވާނެ ކަމަށާއި ދައުރުވަމުން ދަނީ ބަޔަކު ހަދައިގެން އުޅޭ ސައްހަނޫން ލިސްޓެއްކަމަށް، އާބަންކޯ (ކުރީގެ އެޗްޑީސީ) އިން ބުނެފިއެވެ. އާބަންކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެކުންފުނީގެ މުއައްޒަފުންނަށް ދޫކުރާ ފްލެޓުތަކުގެ ތެރެއިން 34 ފްލެޓެއް އެ ކުންފުނީގެ ވެރިންނަށް ދޭން ނިންމާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ލިސްޓަކީ ހަގީގަތެއް އޮޅުވާލުމެއްކަމަށެވެ.

ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން އިމާރާތް ކޮށްފައިވާ ބައެއް ފްލެޓު އާބަންކޯގެ މުއައްޒަފުންނަށް ވިއްކަން ހުޅުވާލާ ކަމަށް ބުނާ މެމޯއަކާއި އެ ކުންފުނީގެ ބޯޑް މެންބަރުންނާއި ޑިރެކްޓަރުންނާއި މެނޭޖަރުންތަކެއް ހިމެނޭ ލިސްޓެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފަ އެވެ.

އެކަމާ ގުޅިގެން އާބަންކޯ އިން ނެރުނު މި ބަޔާނެއްގައި ބުނީ މިދިޔަ އަހަރު ކުރިޔަށް ގެންދިޔަ ސްޓާފް ހައުސިން ސްކީމްގެ ދަށުން ބައެއް ފްލެޓުތައް ވިއްކާލަން ހުޅުވާލާފައިވާ ކަމަށާއި ކުރިމަތިލި ފަރާތްތަކަށް ފުރުސަތު ދީ ނިމުނު އިރު 34 ޔުނިޓެއް ނުވިކި ބާކީވެފައިވާ ކަމަށެވެ.

އެ ހައުސިން ސްކީމަށް ހުޅުވާލި ފަހުން އެއް އަހަރުވެފައިވާ އިރު އެ ސްކީމަށް ކުރިމަތިލުމަށް ފުރުސަތު ނުލިބޭ ގިނަ މުއައްޒަފުންތަކެއް މިހާރު އެބަތިބި ކަމަށާއި އެހެންވެ އެ 34 ފްލެޓަށް ކުރިމަތިލާން އަލުން ހުޅުވާލާފައިވާ ކަމަށް އާބަންކޯ އިން ބުންޏެވެ. މިހާރު 800 އަށްވުރެ ގިނަ މުވައްޒަފުން ފްލެޓަށް ޝަރުތު ހަމަވާ ކަމަށާއި މިއީ ވަކި އުސޫލަކުން ވިއްކާ ތަންތަން ކަމަށް ވެސް އާބަންކޯ އިން ބުންޏެވެ.

[embed]https://twitter.com/hdcmaldives/status/1649656472769552384[/embed] އާންމުންނާ ގުޅިފައިވާ އެފަދަ ކަންތައްތައްް ކުރާނީ ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ގަވައިދާއި އުސޫލުތަކުގެ ތެރެއިން ކަމަށް ވެސް އާބަންކޯ އިން ބުންޏެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ