ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރަން، މަޖިލީހަށް ހުށަހަޅައިފި އެވެ.
އެމްޑީޕީގެ 50 މެމްބަރެއްގެ ސޮޔާ އެކު ރައްޔިތުންގެ މަޖިލިހަށް މި މައްސަލަ ހުށަހެޅީ މިއަދު އެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ ވަކި ކުރަން އެމްޑީޕީން ނިންމީ އެ ޕާޓީން ވަކިވުމަށް ފަހު ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުގެ މެމްބަރުންނާއި އެކު "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާތީއެވެ.
އީވާ ވަނީ، އެމަގާމު ދިފާއުކުރުމަށް އެމްޑީޕީގައި ހުންނެވުމުގެ ޝައުގެއް ނެތްކަމަށް ވިދާޅުވެފައެވެ. ނަމަވެސް އަމިއްލައަށް އިސްތިއުފާ ދެއްވުމުގެ ވިސްނުމެއް ނެތްކަމަށް ވެސް އީވާ ވިދާޅުވިއެވެ.ގާނޫނުއަސާސީގައި ބުނާ ގޮތުން މަޖިލީހުގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަގުލަބިއްޔަތުން މަޖިލީހުގެ ނައިބްރައީސް ވަކިކުރެވިދާނެ އެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 އެވެ. އެހެންކަމުން އީވާ ވަކި ކުރަން ބޭނުން ވަނީ 44 މެންބަރުންގެ ވޯޓެވެ.







